މުޅިރާއްޖެއަށް ވައިޓް އެލާޓް ނެރެފި

DSCN7576-1.jpg

ގުގުރުމާއި އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާތީ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެ ގަޑިތަކުގައި ބޯކޮށް ވާރޭ ވެހި ގުގުރުމާއެކު ވިލާގަނޑުގައި 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފައިވާއިރު މިއަދު ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަވެސް އަރައިފައެވެ.

ވައިޓް އެލާޓަކީ މޫސުމަށް ސަމާލުވާން ޖެހޭކަން އަންގައިދިނުމުގެ ގޮތުން ނެރޭ އެލާޓެވެ. މި އެލާޓު ނެރެނީ ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެކަމަށް ލަފާ ކުރެވޭތީއެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ކަނޑު ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top