ބ.އަތޮޅު ޕޯސްޓް އޮފީސް ފަޅާލައިފި

DSCN7483.jpg

ބ.އަތޮޅު ޕޯސްޓް އޮފީސް --އީވީ ފޮޓޯ

އޭދަފުށީގައި ހުންނަ ބ.އަތޮޅު ޕޯސްޓް އޮފީސް ރޭ ފަޅާޅާލައިފިއެވެ.

ބައެއް މީޑިއާތަކަށް މިކަމާބެހޭ މައުލޫމާތު ދެމުން ފުލުހުން ބުނީ، މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 8:30 އެހާކަން ހާއިރު ކަމަށެވެ.

އެތަނުގެ ތެރެއަށް ވަގުން ވަދެފައި ވަނީ އެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ކަމަށާ އެތަނަށް ވަގުން ވަދެ ގެންގޮސްފައިވަނީ ހަމައެކަނި 1500 ރުފިޔާ ކަމަށް ފުލުހުން ބުނެއެވެ. އިތުރު އެއްވެސް އެއްޗެއް ވަގަށް ގެންގޮސްފައި ނުވާކަން ކަށަވަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރުވެސް އެ އިމާރާތުގައި ހަރަކާތްތެރިވަމުން އެބަ ގެންދެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނީ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top