ޓެރަރިޒަމް އާއި އިސްލާމް ދީނާ ގުޅުމެއްނެތް : ފަރަންސޭސި ބޮޑުވަޒީރު

ފަރަންސޭަސި ވިލާތުގެ ޕެރިހުގައިހުންނަ ދަ ގްރޭންޑް މިސްކިތް / ފޮޓޯ: އިންޓަނެޓް

ފަރަންސޭަސި ވިލާތުގެ ޕެރިހުގައިހުންނަ ދަ ގްރޭންޑް މިސްކިތް / ފޮޓޯ: އިންޓަނެޓް

ޓެރަރިޒަމާ ހަރުކަށި ވިސްނުމަކީ އިސްލާމް ދީނާ ގުޅުމެއްއޮތްކަމެއް ނޫންކަމަށް ފަރަންސޭސި ބޮޑުވަޒީރު  މެނުއެލް ވާލްސް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، އެގައުމުގެ މުސްލިމް ޖަމާއަތްތަކާ އޮންނަ ގުޅުން ވަރުގަދަކުރުމުގެގޮތުން މިއަދު ދާޚިލި ވުޒާރާގައި ފެށި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
އިސްލާމްދީނާމެދު ބައެއްމީހުން ނުބައި ތަސައްވުރެއް ގެންގުޅޭ ސަބަބަަަކީ ދީނުގެ ނަމުގައި ޓެރަރިޒަމާ ހަމަ ނުޖެހުން އުފައްދާތީކަމުގައާއި އެހެންނަމަވެސް އެފަދަ ކަންތަކަކީ އިސްލާމްދީނުގައި ހުއްދަ ކަންތަކެއް ނޫންކަމަށް އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ވިދާޅުވިއެވެ.
ފަރަންސޭސި ވިލާތަކީ ފަސްމިލިޔަނެއްހާ މުސްލިމުންގެ ބޮޑު އާބާދިއެއްއޮންނަ ގައުމެކެވެ.
މިއަދު ފެށި ކޮންފަރެންސްގައި އެގައުމުގެ މުސްލިމް ޖަމާއަތްތަކާ ޖަމިއްޔާ ތަކުގެ ސަތޭކަ ފަންސާހެއްހާ ލީޑަރުންނާ ސަރުކާރުގެ އެކި ފަންތީގެ ވެރިންނާއި ވަޒީރުން ބައިވެރިވެވަޑައިގަތެވެ.
މިކޮންފަރެންސްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަންތަކުގެތެރޭގައި އެގައުމުގައި އިތުރު މިސްކިތް ބިނާ ކުރުމާ މިސްކިތްތަކާ އިސްލާމްދީނާ ގުޅުންހުރި ކަންކަން ހިންގާތަންތަނުގެ ސަލާމަތީކަންތައް ވަރުގަދަ ކުރުން ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top