ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައިވެސް ކާމިޔާބު މީހަކަށްވުމަކީ ކޮންމެމީހަކުވެސް އެންމެބޮޑަށް ބޭނުންވާނެ އަދި އެންމެ ބޮޑުއެދުން ކަމުގައިވާނެއެވެ. އެހެންނަމަވެސް މި އެދުން ނުވަތަ މިއުންމީދުތައް ހަގީގަތަކަށް ހެދެނީ މަދު ބަޔަކަށެވެ. ސަބަބަކީ ދިވެހި މުޙަވަރާ އެއްގައި ބުނާހެން ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫން ކަމުގައި ގަބޫލު ކޮށްގެން ތިބެވުމެވެ. ކާމިޔާބު މީހަކަށްވުމަށްޓަކާ ކުރަންވާވަރަށް ކުރަންވާގޮތަށް މަސައްކަތްވެސް ނުކުރެވުމެވެ. އަންނަނިވި ފޮޅުވަތްތަކުގައި އެވަނީ ކާމިޔާބު ދިރިއުޅުމަކަށް މަގު ފަހިކުރެވިދާނެ މުހިއްމު ކަންތައްތަކެކެވެ.
1. ކޮންމެ ދުވަހަކުވެސް ދިހަމިނިޓާ ތިރީސްމިނިޓާ ދެމެދުހިނގާށެވެ. މިގޮތަށް ހިނގާއިރު ހިނިތުންވެގެން ހުންނާށެވެ.
2. ކޮންމެ ދުވަހަކުވެސް ދިހަމިނިޓްވަންދެން ހިމޭންކަމާއެކު އިށީދެގެންއިންނާށެވެ.
3. ފަތިސްނަމާދުކުރުން އާދަކުރާށެވެ. ނަމާދަށްފަހު އެދުވަހުގެ މަސައްކަތުގައި ބަރަކާތް ލެއްވުމަށާއި ނުބައިކަންތައްތަކުން ރައްކާތެރިކޮށްދެއްވުން އެދި ﷲގެ ކިބަފުޅަށް ދަންނަވާށެވެ.
4. ވީވަރަކުން ގަހުން ބިނދެގެން މޭވާ ކެވޭތޯ ބަލާށެވެ. ދަޅުގައި ބަންދުކޮށްފައިހުންނަ ނުވަތަ ޕަކެޓްކޮށްފަ ހުންނަ އެއްޗެތިކެއުން މަދުކުރާށެވެ.
5. ގްރީންޓީ (ފެހިސައި)އަކީ ވަރަށް މޮޅު ސައެކެވެ. ވީމާ މި ސައި ކޮންމެ ދުވަހަކުވެސް ބޯށެވެ.އަދި ދުވާލަކު ދިހަތަށިފެންބޯށެވެ. ތަރުކާރީއާ މޭވާ ލިބޭވަރަކުން ކޮންމެދުވަހެއްގެ ކެއުމުގައިވެސް ހިމަނާށެވެ.
6. ކޮންމެ ދުވަހަކުވެސް އެންމެމަދުވެގެން ތިންމީހުންނާ ހީލާފައި ވާހަކަދައްކާށެވެ.
7. ބޭކާރު ވާހަކަދެއްކުމާއި މާޒީގެ ހަނދާންތަކާމެދު ފިކުރުނުކުރާށެވެ.
8. ރަސްކަލެއްގެ ފަރިއްކޮޅު ހުންނަގޮތަށް ހެނދުނުގެ ނާސްތާކުރާށެވެ. ޕްރިންސަސް އަކާ އެއްގޮތަށް މެންދުރުކާށެވެ. އަދި ކޮލެޖް ގާރލެއްގެ ކެއުން ހުންނަގޮތަށް ރޭގަނޑުގެ ކެއުން ބަހައްޓާށެވެ.
9. ދިރިއުޅުން ސަކަރާތޭ ހީނުކުރާށެވެ. ތިބާއަށްވުރެ މާ ނިކަމެތިހާލުގައި އެތައްބަޔަކު އެބައުޅެއެވެ. އެހެންވީމާ ދިރިއުޅުން ރަނގަޅުކަމުގައި އަދި ރަނގަޅުވާނެކަމުގައި ހީކުރާށެވެ.
10. ދުނިޔޭގައި އުޅެން ލިބެނީ މަދު ދުވަސްކޮޅެކެވެ. މި ދުވަސްކޮޅުގައި ހަސަދަވެރިވުމާއި ނަފްރަތުން އެއްކިބާވާށެވެ. ތިބާއަށް ނުބައިކަމެއްކުރި މީހަކާމެދުވެސް ހިތްސާފުކޮށް އޭނާއަށް މާފުކުރާށެވެ.
11. ތިބާއާމެދު އެހާ ސީރިއަސް ނުވާށެވެ. ވަގުތާއެކު ހުރިހާކަމެއްވެސް ބަދަލުވެގެންދާނެއެވެ.
12. ދެބަސްވާ ކޮންމެ ފަހަރަކު ތިބާ މޮޅުނުވެ ހިނގައިދާނެއެވެ. މިކަމަށް އެއްބަސްވާށެވެ.
13. ތިބާގެ މާޒީ ހިމޭންކަމާއެކު ބާއްވާށެވެ. މާޒީއާމެދު ހިތްހަމަނުޖެހި ނުހުންނާށެވެ.
14. ދިރިއުޅުމުގެ ހުރިހާވާހަކައެއް އެހެންމީހުންނާ ހިއްސާނުކުރާށެވެ.
15. އެހީއަށް ބޭނުންވެފައިވާ މީހަކަށް އެހީވާށެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރާށެވެ. ދޭ މީހަކަށް ވާށެވެ. އަތުލާ މީހަކަށްނުވާށެވެ.
16. ތިބާ ބަލިވެއްޖެނަމަ އަދާކުރާ ވަޒީފާ ތިބާއަކަށް އެހީއެއްނުވާނެއެވެ. އެކަމަކު ރަޙްމަތްތެރިޔާ އެހީވާނެއެވެ.
17. އެހެންމީހުންނަށް ލިބިފައިވާ ނިއުމަތާމެދު ހަސަދަވެރިނުވާށެވެ. އެއަށްވުރެ މާކުރިން ތިބާއަށްވެސް ތިބާ ބޭނުން އެއްޗެއްވަނީ ލިބިފައެވެ.
18. އިޝާނަމާދުނުކޮށް ނުނިދާށެވެ. އިޝާ ނަމާދަށްފަހު މިއަދާހަމައަށް ހެޔޮހާލުގައި ލެއްވިކަމަށް ޓަކައި ކަލާނގެކިބައަށް ޝުކުރުވެރިވާށެވެ.
19. މީހުންނަށް މިވާހަކަތައް ކިޔައިދޭށެވެ.
ކާމިޔާބު މީހަކަށް ވުމަށް
