ފޮނިކަރާ އެނގޭނީ ކިހިނެއް؟

How-to-Pick-out-a-Juicy-and-Sweetest-Watermelon...6.jpg

ރޯދަ ވީއްލާ ސުފުރާމަތީގައި އެންމެ ފަސޭހައިން އަތްލެވޭ ހިސާބުގައި ހުންނަންޖެހޭނީ ކަރާ ފަނި ތައްޓެއްކަމަށް ގިނަ ދިވެހީން އެއްބަސްވާނެއެވެ. ރޯދައިގެ ވަރުބަލިކަން އެންމެ ފަސޭހައިން ފިލާ ގޮތަކީ އެއީ ކަމަށް ޒަމާނުއްސުރެ ގަބޫލު ކުރެވިފައި އޮންނާތީއެވެ.

ކަރާ ގަންނަން ބާޒާރަށް ގޮސް ކަރާ ނެގުމަށް ފަހު އެންމެ ފުރަތަމަވެސް އަހާލެވޭނީ މި ކަރާ ދޮންވާނެ ހެއްޔެވެ. ގަންނަމީހާ ގަބޫލު ކުރާ ގޮތުގައި އެކަން އެންމެ ރަނގަޅަށް އެނގޭނީ ހަމައެކަނި އެހައްދާ ދަނޑުވެރިޔާ އަށެވެ. އެދަނޑުވެރިޔާ އަށް އިތުބާރުކޮށް ގަނެގެން ގެއަށް ގޮސް ފަޅާލާ އިރު ލަނޑު ލިބޭފަހަރު މަދެއް ނޫނެވެ. އެހެންނޫނަސް ކަރާ ގަންނަން ކޮންމެ މީހަކު ބާޒާރަކަށް ވެސް ނުދާނެއެވެ. އޭނާ ދާނީ ކަންމަތީ ފިހާރައެވެ. ފިހާރައިގެ މީހުންނަށް މިކަމުގެ މައުލޫމާތު ދޭކަށް ނޭނގޭނެއެވެ.

ބޮޑު އަގު ދީފައި ގަންނަ ކަރާ ދޮންނުވެއްޖެނަމަ އެދުވަހުގެ ރޯދަ ވީއްލުން މުޅިން ޚަރާބު ވީއެވެ. އެހެންވީމާ ކަރާގެ ވައްތަރުތަކާ ދޮންކަރާ ނުވަތަ ފޮނިކަރާ ދެނެގަންނާނެ ގޮތް ދަސްކޮށްލަމާ ހިނގާށެވެ.

ހަނދާންބަހައްޓަންވީ ބާޒާރުގައި ވިއްކަން ހުންނަ ހުރިހާ ކަރާ ފޮންޏެއް ނުވާނެކަމެވެ. އެކަމަކު ބޭރުން ބަލާލުމުން މިކަން ފާހަގައެއް ނުކުރެވޭނެއެވެ.

ކަރާގެ ބޭރު ތޮށިގަނޑަށް ބަލައިލާށެވެ. ބޭނުންތެރި މައުލޫމާތު ތަކެއް ތޮށިގަނޑުންވެސް ލިބިދާނެއެވެ. ތަޖްރިބާކާރު ދަނޑުވެރިން ހަމައެކަނި ތޮށިގަނޑަށް ބަލާފައި މީރު އަދި ތާޒާކަރާ ދެނެގަންނާނެ 5 ގޮތެއް ބުނެދީފައިވެއެވެ.

އޭގެ ތެރެއިން ފުރަތަމަކަމަކީ ސައިޒެވެ. ދޮން އަދި ފޮނި ކަރާ އެނގޭނެ އެއްގޮތަކީ ސައިޒުގެ ގޮތުން ބޮޑެތި ވުމެވެ. އާއްމުގޮތެއްގައި ބޮޑެތި ކަރާ ދޮންވެފައި މީރުވާނެއެވެ.

ދެވަނަ ކަމަކީ ކަރާގެ ޖިންސަށް ބެލުމެވެ. ފިރިހެން ކަރާގައި ފެން ގިނަ ވެފައި ވަރުގަދަވާނެއެވެ. އަދި ހުންނާނީ ވަށްކޮށެވެ. އަންހެން ކަރާ ހުންނާނީ ދިގުކޮށެވެ. ފޮނިވެފައި މީރުވާނީ އަންހެން ކަރަލެވެ.

ހުރިހާ ވައްތަރެއްގެ ކަރަލުގައިވެސް ލައްޖަހާފައި ހުންނާނެއެވެ. އެކަމަކު އެންމެ މީރު ކަރަލުގައި ހުންނާނީ މަޑު ކްރީމީ ރީނދޫކުލައެއް ނުވަތަ އޮރެންޖާއި ރީދޫ ކުލައެވެ. ރަންކުލައިގާ ލައް ޖަހާފައި ހުންނާނީ އެންމެ މީރު ކަރަލުގައެވެ.

ކަރާގެ ތަނޑިއަށް ބަލާށެވެ.  ތަނޑިއަށް ބަލައިލުމުން ކަރާ  ވެލުން ކެނޑުމަށް ފަހު ވީ މުއްދަތު ގާތްގަނޑަކަށް ލަފާ ކުރެވޭނެއެވެ. ތާޒާ ކަރަލުގެ ތަނޑު ހުންނަނީ  މަޑުފެހި ކުލައިގާ ތާޒާކަމާއެކުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top