ރަށްރަށުގެ އާއްމު ހާލަތު ދެނެގަތުމަށް ވެބްސައިޓެއް ހަދަނީ

big_oShnpHgxHx8Jsa1x1wqFmurVU.jpg

މިނިސްޓަރ މަލީހު ،ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގެ މަންދޫބާ ބައްދަލު ކުރައްވަނީ- ފޮޓޯ :ޕީއެސްއެމް ނިއުސް

ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގެ ޢާއްމު ސިއްޙީ ޙާލަތާ ގުޅޭ މަޢުލޫމާތު އެނގޭގޮތަށް ޚާއްޞަ ވެބްސައިޓެއް ހެދުމުގެ މަސައްކަތް ފަރުމާކުރަމުން އެބަދާ ކަމުގައި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލުވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހުންނަވާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މަންދޫބު އަރްވިންދު މާތުރާ ބައްދަލުކުރައްވައި ކޮމިއުނިކޭޝަން ޓެކްނޮލިޖީ ބޭނުންކޮށްގެން ސިއްޙީ ދާއިރާ އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުންކުރެއްވި މިނިސްޓަރ މަލީހު ކުރެއްވި މަޝްވަރާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ވިދާޅުވީ މުޅި ރާއްޖެއްގެ ހުރިހާ ރަށްރަށުގެ އާއްމު ހާލަތާ ގުޅޭ މައުލޫމާތު އެނގޭނެގޮތަށް ވެބްސައިޓެއް ހެދުމުގެ މަސައްކަތް މިނިސްޓްރީއިން ކުރަމުންދާކަމަށެވެ. މި ވެބްސައިޓަކީ ރަށްރަށުގެ އާއްމު ސިއްހީ ހާލަތުގެ މައުލޫމާތުވެސް ހިމެނޭހެން ތަރައްގީކުރާ ވެބްސައިޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ރަށުގެ އާބާދީއަށް އަންނަ ބަދަލުތަކާއި، ރަށްރަށުގައި ރޯގާ ނުވަތަ އެހެނިހެން ބަލިތައް ފެތުރޭނަމަ، އެފަދަ މައުލޫމާތު މި ވެބްސައިޓް މެދުވެރިކޮށް ލިބޭނެކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

އައިސީޓީ މެދުވެރިކޮށް ސިއްހީ ނިޒާމު އެއް ވިއުގައަކުން ގުޅާލުމާއި، ބަލިތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ހަރުދަނާކުރުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top