އަމިއްލަފުއްޓާއި ވައްކަރު ރިސޯޓުގެ މެޗްވެސް އެއްވަރު

DSCN3487.jpg

އަމިއްލަފުއްޓާއި ވައްކަރު ބައްދަލު ކުރި މެޗްގެ ތެރެއިން -އީވީ ފޮޓޯ

އޭދަފުށީގައި ކުރިއަށްދާ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރި އަމިއްލަފުއްޓާއި ވައްކަރު ރިސޯޓުގެ މެޗްވެސް 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މިއަދުގެ މެޗްގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ 25 ވަނަ މިނިޓުގައި އަމިއްލަފުށި ރިސޯޓުންނެވެ. އެޓީމުގެ ހުސެން ޝިފާހު ޖެހި މި ލަނޑަށް ފަހު ފުރަތަމަ ހާފް ނިމުނީ އެއް ލަނޑުގެ ތަފާތުން ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ވައްކަރު ކުޅުންތެރިން ލަނޑެއް ޖެހޭތޯ ކުރިމަސައްކަތް ކާމިޔާބުކޮށްފައިވަނީ މެޗުގެ 64 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ލިބުނު ފުރުސަތުގެ ބޭނުންކޮށްގެން އެޓީމުގެ އަލީ ފާރޫގެވެ. 

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ އަމިއްލަފުށީގެ ޖާޒީ ނަންބަރު 7، އަލީ ނިޝާމެވެ.

މި ނަތިޖާއާއެކު މިގްރޫޕްގެ އެއްވަނައިގާ 6 ޕޮއިންޓާއެކު އޮތް ދުސިތު ވަނީ ސެމީ ފައިނަލަށް ގޮސްފައެވެ. އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ މިލައިދޫ އާއި ޓީމް ރޯޔަލް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top