މާލީ ގޮތުން ދަތިވެ ކިޔެވުމަށް ބުރޫ އަރާ ދަރިވަރުންނަށް ޒަކާތު ފަންޑުން އެހީތެރިވެދެނީ

l_1531857618410j2r.jpg

ޓްރެވެލް އެންޑް ޓުއަރިޒަމުން ދުނިޔެއިން ފަސް ވަނަ ހޯދި އިޔާން އަށް އިނާމު ހަވާލުކޮށްދެއްވަނީ.–ފޮޓޯ:ސަން އޮންލައިން

ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެން ކިޔަވަމުން ދިޔަ ނަމަވެސް މާލީ ގޮތުން ދަތިވެ ކިޔެވުމަށް ބުރޫ އަރައިފިނަމަ ޒަކާތު ފަންޑުން އެހީވެދޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިކަމާބެހެ ގޮތުން އިއްޔެ އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ސަރުކާރުން ދޭ ސްކޮލަޝިޕެއްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ފިޔަވައި، ކިޔަވަމުންދާ ދަރިވަރުން މާލީ ގޮތުން ދަތިވެ ތައުލީމު ހާސިލްުކުރުމުގައި ދަތިވެެ ޒަކާތު ފަންޑުން އެހީއަށް އެދި ހުށަހަޅައިފިނަމަ، އެހީ ދިނުމާމެދު ނިންމާނީ އެ މިނިސްޓްރީން ނެވެ.

ދަރިވަރުން ކިޔެވުމަށް ކުރިން ޒަކާތު ފަންޑުން އެހީ ދެމުން ގެންދިޔައީ އެ ފަންޑުން ހުޅުވާލާ ކޯސްތަކަށް އެކަންޏެވެ. އެ ފަންޑުން އެހީތެރިވަމުން ދިޔައީ ފުދުންތެރިކަން ނެތް ދަރިވަރުންނަށެވެ. އެ ފަންޑުންދޭ ކޯސްތަކުގެ ދަށުން ކިޔެވެނީވެސް ހަމައެކަނި އެ ފަންޑުން ކަނޑައަޅާ ވަކި ގައުމުތަކަށެވެ.

ޒަކާތު ފަންޑުގެ އެހީގެ ދަށުން މިދިޔަ މޭ މަހުވެސް ވަނީ 73 ސްކޮލަޝިޕެއް ހުޅުވާލައިފައެވެ.

ޒަކާތު ފަންޑުން ހުޅުވާލި ގިނަ ކޯސްތަކަކީ އިސްލާމްދީން ސީދާ ގުޅުން ހުރި ކޯސްތަކެކެވެ. އޭގެ ތެރޭގައި އިމާމްކަމާއި، އިސްލާމިކް ސްޓަޑީޒް އަދި ގުރުއާނާ ބެހޭ ކޯސްތައް ހިމެނެ އެވެ. އެހެންނަމަވެސް އިންޖިނިއަރިން އާ ބިޒްނަސް އަދި އެމްބީބީއެސްއާ ގުޅޭ ސްކޯލާޝިޕްތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top