މާމުޔަށް އާންމުންގެ މަގުބޫލުކަން ހޯދަން މުޅިގައިގައި ކުޅަނދުރު ޖައްސުވައިފި

ޝޭޕިންގެ ގައިގައި ކުޅަނދުރުތައް ޖައްސައިގެން / ފޮޓޯ: އޭއެފްޕީ

ޝޭޕިންގެ ގައިގައި ކުޅަނދުރުތައް ޖައްސައިގެން / ފޮޓޯ: އޭއެފްޕީ

ޢާންމުންގެ މަޤްބޫލުކަން އެނާގެ މާމުޔަށް ހޯދުމަށް، ކުޅަނދުރު ގެންގުޅެ މާމުއި ހައްދާ މީހެއް އޭނާގެ މުޅި ހަށިގަނޑުގައި އޭނާގެ ކުޅަނދުރުތައް ޖައްސައިފި އެވެ.

ޗައިނާގެ ޗޮންގިންގގައި ދިރިއުޅޭ ޝޭ ޕިންގ ނަމަކަށް ކިޔާ މާމުއި ވިއްކާ މީހާ އޭނާގެ މާމުޔަށް މަޤްބޫލުކަން ހޯދުމަށްޓަކައި ހެދި ސްޓަންޓުގައި، ކުޅަނދުރުތައް ވަނީ އޭނާގެ މުޅި ހަށިގަނޑުގައި ޖައްސާފަ އެވެ.

ބަރުދަނުގައި 100 ޕައުންޑަށް ވުރެ ގިނަ ވާ އަދަދަކަށް ކުޅަނދުރު އޭނާގެ ގައިގައި ޖައްސާފައިވާ އިރު، މި ސަޓަންޓު ހެދުމުގެ ތެރޭގައި ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ވުމަށްޓަކައި ރައްކާތެރިކޮށްފައި ވަނީ، އޭނާގެ ބޯ އެކަންޏެވެ. އޭނާގެ ބޮލުގެ ވަށައިގެން ޕްލާސްޓިކް ކޮތަޅެއް އަޅާފައިވާ ކަން ފޮޓޯތަކުން ހާމަވާ ކަމުގައި ބައެއް ނޫސްތަކުގައި ބުނެ އެވެ.

މާމުއި ވިއްކާ ޝޭ ޕިންގ ބުނީ، މި ސްޓަންޓު ހެދުމުގެ ތެރޭގައި އޭނާގެ ގަޔަށް 20 ވަރަކަށް ފަހަރު ކުޅަނދުރު ކަށި ޖެހި ކަމަށާއި، ނަމަވެސް އެެހެން ކުޅަނދުރުތަކަށް ސިހުން ލިބި ގައިގައި ކަށި ޖަހާފާނެތީ އޭނާ ހިމޭނުން ހުރީ ކަމަށެވެ.

“އަހަރެން ހުރީ ވަރަށް ބިރުން. އެކަމަކު އެ ކަމެއް ކުރީ އަހަރެންގެ މާމުއި ވިޔަފާރި ޕްރޮމޯޓު ކުރަން ވެގެން. ވަރަށް ތަދުވި ކަށި ޖެހީމަ ވެސް. އެކަމަކު ހަރަކާތް ކުރަން ވެސް ނުކެރުނު.” އޭނާ ކިޔައިދިނެވެ.

40 މިނެޓަށް ކުރިޔަށް ދިޔަ މި ކުޅަނދުރު ސްޓަންޓު ހެދުމަށް އޭނާ ކުރަން ޖެހުނު ކަމަކީ ފެން ނުވަރައި، ސައިބޯނީގެ ބާވަތެއް ބޭނުން ނުކުރުން ކަމަށް އޭނާ ބުންޏެވެ.

“ސައިބޯނި ނުލައި، ފެން ނުވަރާ ހުރުމުން ކުޅަނދުރުތައް ވަރަށް ޝައުޤުވެރި ވާނެ.” އޭނާ ބުންޏެވެ.
ސޯސް: އެމްވީ ޔޫތް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top