ޖީބަށް ލެވޭ ވަރުގެ ކުޑަ ރޮބޮޓް ޕްރިންޓަރެއް

pocket-zuta-micro-mobile-robotic-printer.jpg

އިޒްރާޢީލްގެ ޒޫތާ ލެބްސް ކުންފުނިން އަންނަ އަހަރުގެ ޖެނުއަރީމަހު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ މި ތަފާތު ރޮބޮޓް ޕްރިންޓަރުގެ ބަރުދަނުގައި ހުންނަނީ އެންމެ 300 ގްރާމެވެ. އަދި މި ޕްރިންޓަރު މިނެއްޓެއް ތެރޭގައި 1 ގަނޑު ޕްރިންޓް ކޮށް ނިންމާލައެވެ.

މި ރޮބްޓް ޕްރިންޓަރަކީ ވަޔަރލެސްގެ ޒަރިއްޔާއިން މޯބައިލް ފޯން، ޓެބްލެޓެއްގެ އިތުރުން ކޮމްޕިއުޓަރަށްވެސް ފަސޭހަ ކަމާއެކު ގުޅާލެވޭ ޕްރިންޓަރެކެވެ. މި ޕްރިންޓަރުގެ ބެޓެރިއަކީ ފަސޭހައިން ރީޗާޖް ކޮށްލެވޭ، އަދި މި ބެޓެރިއަކީ މަދުވެގެން 1 ގަޑިއިރު ޗާޖް ހިފަހައްޓާ ބެޓެރިއެކެވެ.

މި ރޮބޮޓް ޕްރިންޓަރުގެ ޒަރިއްޔާއިން ތި ބޭފުޅުން ގެންގުޅޭ ސްމާޓް ފޯނެއްގެ އެހީގައި މި ރޮބޮޓް ޕްރިންޓަރާ ވާހާކަ ދައްކައިގެން ތިބޭފުޅާ ބޭނުން އެއްޗެއް ގަނޑުގައި ލިޔެލެވެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top