އޭދަފުށި ރަހަ : އާސިޔަތުގެ ބަދިގެއިން ސްޕޮންޖް ކޭކު

viber_image_2020-05-19_11-51-09.jpg

ބޭނުންވާ ތަކެތި

1 ޖޯޑު ހަކުރު

1 ޖޯޑު ގޮދަން ފުށް

1.5 ސައިސަމުސާ ބޭކިންގ ޕައުޑަރ

1 ޖޯޑު ބަޓަރު

5 ބިސް

1 މޭޒުމަތީސަމުސާ ދިޔާކިރު

½ ސައިސަމުސާ ލުނބޯ ތޮށި ހިމުން ކޮށް ގާނާލާފައި

1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާ ގޮތް

ފުށާއި ބޭކިން ޕައުޑަރ އެއްކޮށްލާށެވެ. ބިހާއި ހަކުރުކޮޅު މިކްސަރުން ގިރާލާށެވެ. ކްރީމް ގަނޑަށް މަޑު ރީނދޫ ކުލައެއް އެރުމުން ފަހަރަކު ބިހެއް އަޅަމުން އެއްކޮށްލާށެވެ.

އެއަށްފަހު ކިރުކޮޅާ އެސެންސް ކޮޅު އަދި ލުނބޯ ތޮށިކޮޅު އަޅާލާށެވެ.

ދެން ބާކީހުރި ހުރިހާ އެއްޗެއް އަޅާލާފައި ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ.

އަވަން ބަހައްޓާނީ 200ޑިގްރީގައެވެ. 20މިނިޓް ވަންދެން ފިހެލާށެވެ.

ކޭކު ޑެކަރޭޓް ކުރުމަށް ވިޕް ކްރީމް ނުވަތަ ލެމަން ކާރޑް ކަހަލަ އެއްޗެއް ބޭނުން ކުރުމުން މީރުވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top