އުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލަން އިސްލާމިކް މިނިސްޓްރީން އެދެފި

MG_6912-309siepkekr6rl6vrn3eoa.jpg

މެދުއިރުމަތީގެ ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުމްރާއަށް ދާ މީހުންނަށް ސައުދީއަށް އެތެރެ ނުވެެވޭނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގާފައިވާތީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމަށް ހުއްދަ ދޫކޮށްފައިވާ ޖަމާއަތްތަކުން ވަމުންދާ ތައްޔާރީތައް މަޑު ޖައްސާލަން އިސްލާމިކް މިނިސްޓްރީ އިން އަންގައިފި އެވެ.

އެ މިނިސްޓްރީން ބުނީ އުމްރާއަށް ވިސާ ދޫކުރުން އެ ގައުމުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަން އެ މިނިސްޓްރީއަށްވެސް އަންގާފައިވާ ކަމަށެވެ.

އަންނަ މާރިޗުމަހު އަންނަ ސްކޫލް ބަންދާ ދިމާކޮށް އަދި މާޗް މަސްތެރޭ ކޮންމެ އަހަރުވެސް ގިނަ ދިވެހިންތަކެއް އުމްރާއަށް ދެ އެވެ. އެގޮތުން އިއްޔެވެސް އުމްރާއަށް ބަޔަކު ގޮސްފައިވެ އެވެ. އެމީހުންނަށް އެއްވެސް ދަތިކަމަކާ ނުލައި ސައުދީއަށް އެތެރެވެވިފަ ވީނަމަވެސް މީގެ ފަހުން އުމްރާއަށް ދާ މީހުންނަށް ސައުދީއަށް އެތެރެ ނުވެެވޭނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

ސައުދީ ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ހައްޖު ކޯޕަރޭޝަނުން ވަނީ މާޗް މަހުގެ އުމްރާ ދަތުރުތައް ކެންސަލް ކޮށްފަ އެވެ. އެ ކޯޕަރޭޝަނުން ބުނީ ދެން އުމްރާވެރިންގެ ދަތުރު ރޭވިފައިވާގޮތުގެ މައުލޫމާތު އުމްރާއަށް ދާން ފައިސާ ދެއްކި މީހުންނަށް ދެމުންދާނެ ކަމަށެވެ.

ސައުދީ ސަރުކާރުން ބުނީ މަސްޖިދުލް ނަބަވީއާއި ހަރަމްފުޅު ހިމެނޭ ސަރަހައްދަށް ސައުދީ ރައްޔިތުން ނޫން ބަޔަކު ވަނުން މަނާ ކުރަނީ ހަރަމްފުޅުގެ ރައްކާތެރިކަމާއި ސައުދީ ރާއްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށެވެ.

މި ނިންމުން އުވާލާނެ ތާރީހެއް ސައޫދީން އަދި ހާމައެއް ނުކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top