ކިތުނާ ގައުމީ ޓީމަށް!

FoPrvvrlCD935xSbAJ67-876x584.jpg

ބ.ގޮއިދުއަށް އުފަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ފޯވާޑް އާދަމް ނިޒާމް (ކިތުނާ) ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމަނައިފި އެވެ.

އޭނާއަކީ މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެމަގާމުވެސް ހޯދި ކުޅުންތެރިޔާ އެވެ.

ދެ ވަނަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު އޭނާވަނީ ހަތް ގޯލާއެކު މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައިވެސް ފާހަގަ ކުރެވިފަ އެވެ.

މައުލުމާތު ލިބޭ ގޮތުގައި އުމުރުން 32 އަހަރުގެ ކިތުނާ ގައުމީ ސްކޮޑުގައި މި ހިމެނީ މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސަކޮ)ގެ ކަކުލަށް ސީރިއަސް އަނިޔާއެއްވެފައިވާތީ އޭނާގެ ބަދަލުގަ އެވެ.

ސޮނޭވާފުށި ރިސޯޓުގައި ވަޒީފާ އަދާކުރަމުން އަންނަ ކިތުނާގެ ރިލީޒް ހޯދުމަށް އެފްއޭއެމް އިން ވަނީ މިހާރު ސޮނޭވާފުށި ރިސޯޓުގައި ރަސްމީކޮށް އެދިފައެވެ.

ކިތުނާ ވަނީ 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ބ. ފެހެންދޫ ޓީމަށް ބައެއް މެޗުތަކުގައި ކުޅެފަ އެވެ. އަދި އޭނާ ވަނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި އޭދަފުށި ޓީމް މޮޅު ކޮށްދިނުމުގައި ހިއްސާ ވެފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top