ނަސީމްގެ ގާބިލްކަމާމެދު ދުންޔާ ސުވާލު އުފައްދަވައިފި.

New-Project-6.jpg

ހެލްތު މިނިސްޓަރު ކަމަށް އަލަށް އައްޔަން ކުރި އަހުމަދު ނަސީމް (ކެރަފާ ނަސީމް) ގެ ގާބިލް ކަމާމެދު ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސުވާލު އުފައްދަވައިފި އެވެ.

ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާ މި ހާލަތުގައި ކުއްލި ގޮތަކަށް ހެލްތު މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށް މިނިސްޓަރ ނަސީމަކީ އެކަށީގެންވާ ބޭފުޅެއްކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ.

ދުންޔާ އިތުރަށް ވިދާޅުވީ މިނިސްޓަރުންގެ މަގާމުތައް ވަކި ގޮތަކަށް ދެއްވުމުން، ކަންކަން ނިންމުމުގައި ރައްޔިތުންނަށް އޮތް އިޚްތިޔާރާއި ބާރާއިމެދުވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ސަރުކާރު ހިންގާ ކޯލިޝަނަށް ދެން ވާނީ ކިހިނެއް ކަމާމެދުވެސް އެކަމަނާ ސުވާލު އުފައްދަވައެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ކެރަފާ ނަސީމް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރައްވާފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި އަބްދުﷲ އަމީން އޮކްޓޫބަރ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top