އޭދަފުށީގައި ފިތުރު ޒަކާތް ބަހައިފި. ބޮލަކަށް 2277ރުފިޔާ

DSCN4977.jpg

އޭދަފުށި

އޭދަފުށީގައި މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ 45541 ރުފިޔާ އޭގެ ހައްގުވެރިންނަށް ދީ ނިންމައިފި ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީގައި މިއަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 20 މީހުންނެވެ. އެމީހުންގެ މެދުގައި އެފައިސާ ބެހުމުން ބޮލަކަށް ޖެހެނީ 2277 ރުފިޔާ އެވެ.

މިއަހަރު އޭދަފުށީން ޒަކާތް ދެއްކި މީހުންގެ ނިސްބަތް މިދިޔަ އަހަރަށްވުރެ 340 މީހުން މަދުވެފައިވާއިރު ޒަކާތަށް ލިބުނު ފައިސާވެސް މި ދިޔަ އަހަރަށްވުރެ 3940 ރުފިޔާ މަދުކަން ފާހަގަ ކުރެވެއެވެ. ހަމައެއާއެކު ފަގީރުންގެ އަދަދު މިދިޔަ އަހަރަށްވުރެ 10 މީހުން އިތުރު ވެފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ.

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މައިމީހާގެ ބަނޑުގައިވާ، ފުރާނަ އެޅިފައިވާ ދަރިފުޅަށް ފިތުރު ޒަކާތް ނެރުން ސުންނަތް ވެގެންވެއެވެ. ފިތުރު ޒަކާތް ވާޖިބުވަނީ އީދު ދުވަހާއި އީދުވިލޭރޭ، ކެއުމަށްފަހު ބާކީވާ ވަރަށް ހުރުމާއެކުއެވެ. ފިތުރު ޒަކާތް ދިނުން އީދު ދުވަހަށްވުރެ ފަސް ކުރުމަކީ ހަރާން ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top