ބ. ފުޓްބޯޅަ ޗެލެންޖް: ކެންދޫ ބަލިކޮށް ގޮއިދޫ ފައިނަލަށް

DSC_4762-1024x683.jpg

ގޮއިދޫ އާ ކެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން / ފޮޓޯ: އީޓީ

ފޯ ސީޒަން ލަނޑާ ގިރާވަރު ރިސޯޓާއި އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ ބ. ފުޓްބޯލް ޗެލެންޖުގެ ފައިނަލުގެ ފަހު ޖާގަ ގޮއިދޫ ހޯދައިފި އެވެ.

އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މެޗުން ގޮއިދޫ މޮޅުވީ 5-2 އިންނެވެ. ފައިނަލުގައި ގޮއިދޫ ނުކުންނާނީ ފުރަތަމަ ސެމީގައި 5-1 އިން ކިހާދޫ ބަލިކުރި އޭދަފުއްޓާ ދެކޮޅަށެވެ.

މިމެޗުގައި ގޮއިދޫ ޓީމުގެ އާދަމް ނިޒާމް (ކިތުނާ) ވަނީ ހެޓްރިކް ހަދައިފަ އެވެ. މިއީ މުބާރާތުގައި ކިތުނާ ހެދި ތިން ވަނަ ހެޓްރިކެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ކިތުނާ މިވަގުތު ލަނޑު ލިސްޓްގައިވެސް އޮތީ އެންމެ ކުރީގައެވެ.

ފައިނަލް މެޗްގައި އޭދަފުއްޓާ ގޮއިދޫ ބައްދަލުކުރާއިރު، މިދެޓީމް މީގެކުރިން ބ. އަތޮޅު ފުޓްބޯޅަ ޗެެލެންޖްގެ ފައިނަލްގައި ބައްދަލުކޮށް ދެފަހަރުވެސް ތަށި ހޯދީ ގޮއިދޫންނެވެ. ފައިނަލް މެޗް އޮންނާނީ ހޮނިހިރުދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top