ދިވެހި ޓީޗަރުންނަށް ވެސް ކާނާއާއި ހައުސިންގ އެލަވަންސް ލިބުން ހައްގު: އެމްޕީ. އަލީ ހުސޭން

55555-1.jpg

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސޭން --ފޮޓޯ :އަވަސް

ބިދޭސީ ޓީޗަރުންނެކޭ އެއްފަދައިން ދިވެހި ޓީޗަރުންނަށް ވެސް ފުޑް އަދި ހައުސިންގ އެލަވަންސް ލިބުން ހައްގު ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އިއްޔެ ފާހަގަ ކުރަމުން އައި ޓީޗަރުންގެ ދުވަހާ ގުޅުވައި އެމްޕީ.އަލީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ “އެމީހަކު ނިސްބަތްވާ ރަށެއްގައި މަސައްކަތް ކުރާ ޓީޗަރުންނަށްވެސް ކެއިން ބުއިމާާއި ބޯހިޔާވަހިކަން ހިލޭ ނުލިބޭއިރު، ދިވެހި ޓީޗަރުންނަށްވެސް ބިދޭސީ ޓީޗަރުންނެކޭ އެއްގޮތަށް ފުޑް އެލަވަންސާއި ހައުސިންގ އެލަވަންސް ލިބުން ހައްގު. އުފާވެރިކަން ހުރިހައި ޓީޗަރުންނަށް ވެސް ހައްޤު” އަލީ ވިދާޅުވިއެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރަމުން ދާއިރު ޓީޗަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުސާރަައިގެ ކަންބޮޑުވުމެވެ. އެގޮތުން ޓީޗަރުންގެ މުސާރަތައް ބޮޑުކޮށް އިތުރު އިނާޔަތްތައް އެ ފަރާތްތަކަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.

“ރައީސް އޮފީހާއި ގުޅިގެން އޮނިގަނޑުތަކެއް ބަދަލުތަކެއް ގެނެސްފިން. އެއީ މުދައްރިސުންގެ މުސާރަ ބޮޑުކުރުމަށްޓަކާ. އަދި އޯވަޓައިމަށް ވެސް ގެނެވޭނެ ހެޔޮ ބަދަލުތައް މިދަނީ މަޝްވަރާ ކުރަމުން. ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މިކަން އިއުލާން ކުރާނަން” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މުދައްރިސުންނަށް ދެމުން އަންނަ މުސާރާ ކުޑަވުމާއި, އެ ފަރާތްތަކަށް ކުރާ އިހުތިރާމު ކުޑަވުމުގެ ސަބަބުން ބައެއް މުދައްރިސުން ވަޒީފާގައި ދެމިތިބުމަށް ހުރަސް އެޅޭކަމަށް

އޭގެ ސަބަބުން މުދައްރިސުން ވަޒީފާތަކަށް ގެނެސް އެ ފަރާތްތަކުން ވަޒީފާގައި ދެމެހެއްޓުމަށް ގޮންޖެހުން ކުރިމަތިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ފާހަގަކުރައްވާ ވިދާޅުވީ އެއީ އެންމެންވެސް ފިކުރުކުރަން ޖެހޭ ކަންތައްތައް ކަމަށެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ، “ޒުވާން މުދައްރިސުން: ތަޢުލީމީ ދާއިރާގެ ކުރިމަގު”އެވެ.

ޓީޗަރުންގެ އުޖޫރުއަށް ހެޔޮ ބަދަލެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top