ދިރާގުގެ ޚާއްޞަ އޮފަރއެއް ޓީޗަރުންނަށް

999645_439863546117633_1522408744_n.jpg

ދިރާގު ،އޭދަފުށި --ފޮޓޯ :އަބޫ ޔައުލާ

ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން ޓީޗަރުންނަށް ހާއްސަ އޮފަރ އެއް ތައާރަފްކޮށްފިއެވެ.

“އޭ ޕްލަސް”ގެ ނަމުގައި ތައާރަފްކޮށްފައިވާ މިއޮފަރ ޚިޔާރު ކުރާ ޓީޗަރުންނަށް އަލަށް ގަންނަ ފައިބަރ ބްރޯޑް ބޭންޑް ކަނެކްޝަން ގުޅައިދިނުމާއި އޯއެންޓީ (މޮޑެމް) ހިލޭ ލިބެއެވެ. އަދި ޕޯސްޓް ޕެއިޑުގެ 350 ރުފިޔާއިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ޓީޗަރުންނަށް ތިން މަސް ދުވަހުގެ ހިލޭ ޑޭޓާ ލިބެއެވެ.

މީގެ އިތުރުން ދިރާގުން ވިއްކާ ފޯނުތަކުންވެސް ޓީޗަރުންނަށް ޚާއްޞަ ޑިސްކައުންޓް ލިބޭ އިރު، ފޯނާ އެކު ބޭނުންކުރެވޭ ތަފާތު އެކްސަސަރީޒްވެސް ހިލޭ ލިބެއެވެ.

މި އޮފަރގައި އެހެން ނަންބަރުތަކަށް ހިލޭ ގުޅޭނެ ކަމަށާއި ވޮއިސް ޕެކޭޖްތަކާއި އެޑްއޮންތައްވެސް ފަސޭހައިން ގަނެލެވޭނެ ކަމަށާ އަދި ކުޑަ ނަމްބަރެއް (ޝޯޓް ކޯޑް) ބޭނުންކޮށްގެން ވެސް ޚިޔާރުކުރާ ނަންބަރުތަކަށް ގުޅޭނެ ކަމަށް ދިރާގުން ހާމަ ކުރެއެވެ.

މި އޮފަރ، ޓީޗަރުންނަށާއި އެޑިއުކޭޝަން ސެކްޓަރގައި އުޅޭ އެހެން މުވައްޒަފުންނަށް ވެސް ލިބެއެވެ. ޚިދުމަތް ބޭނުންވާ ފަރާތްތަކުން މި މަސް ނިމުމުގެ ކުރިން އެ މީހަކު މަސައްކަތް ކުރާ ސްކޫލެއްގެ ތައްގަނޑު ޖެހުމަށް ފަހު ދިރާގަށް އެޕްލިކޭޝަން ފޯމު ލުމަށް ދިރާގުން އެދެއެވެ. އެ ކުންފުނީގެ ކޮންމެ ސާވިސް ސެންޓަރަކަށްވެސް މި ފޯމު ލެވޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top