ދިރާގު ހިލޭ ޑޭޓާ އާއި ޑިސްކައުންޓް، އަންނަ މަހުވެސް ލިބޭނެ.

999645_439863546117633_1522408744_n.jpg

ދިރާގު ،އޭދަފުށި --ފޮޓޯ :އަބޫ ޔައުލާ

ކޮވިޑް-19އާ ގުޅިގެން ދިރާގުގެ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގު ދިރާގުގެ ކަސްޓަމަރުންނަށް މިދިޔަ ދެ މަހު ދިން ޑިސްކައުންޓުތައް އަންނަ މަހު ވެސް ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

ދިރާގުން މިއަދު ބުނީ ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންނަށް ލުއި ދިނުމުގެ ގޮތުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް އާއި  މޮބައިލް އަށް ދީފައިވާ އޮފާ ތައް އަންނަ މަހުވެސް ލިބޭނެ ކަމަށެވެ.

އެގޮތުން ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50އާއި %140 އާދެމެދުގެ ހިލޭ އިތުރު ޑޭޓާ ޖޫން މަހުގައިވެސް ލިބިގެންދާނެ އެވެ. އަދި މާޗް މަހުން ފެށިގެން ދެމުންއައި ޑޭޓާ ބޫސްޓާތަކުން ވެސް %50 ޑިސްކައުންޓް ޖޫން 15 އާ ހަމައަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %50 އާއިއި %75  އާއި ދެމެދުގެ އިތުރު ޑޭޓާ ޖޫން މަހުގައިވެސް ލިބުމުގެ އިތުރުން މާޗް މަހުން ފެށިގެން ދެމުންއައި ޑޭޓަ ބޫސްޓާތަކުން %50  ޑިސްކައުންޓް ޖޫން 15 އާ ހަމައަށް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

އަދި މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުން ބައްލަވައިގަންވާ މަންތްލީ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ ޖޫން 15 އާ ހަމައަށް ލިބުމުގެ އިތުރުން ވޮއިސް އެޑް-އޮންތަކުން ޖޫމް 15 އާ ހަމައަށް %50 ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން މަމެންގެ ހުރިހާ ޑޭޓާ ބަންޑަލްތަކުން ޖޫން 15 އާ ހަމައަށް 20 ޕަސެންޓް އިތުރު އެލަވަންސް ވެސް ލިބިގެން ދާނެއެވެ.

ދިރާގުން ބުނީ، ހުރިހާ އެލްޓީއީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޑޭޓާ ބޫސްޓާ ތަކުން ޖޫން 15 އާ ހަމައަށް 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top