ވިލަރެސް ކޮމެޓީ އަލުން އެކުލަވާލައިފި

299325722_373947591588394_7341265509782247033_n.jpg

ކައުންސިލުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ؛ އޭދަފުށީ ކައުންސިލް އެފްބީ

އޭދަފުށިން ގޯތި ދޫކުރުމުގެ ކަންތައް ވިލަރެސް ކުރާ ކޮމެޓީ އަލުން އެކުލަވާލައިފި އެވެ.

ކުރިން އެކުލަވާލާފައި އޮތް ކޮމެޓީ އުވާލާފައިވަނީ އޭދަފުށިން ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ ޚިލާފަށްކަމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.

މިކޮމެޓީއަށް އަލުން މެންބަރުން އައްޔަންކުރީ މެންބަރުކަމަށް އެދޭ މީހުންނަށް އާއްމުކޮށް ފުރުސަތު ހުޅުވާލުމަށްފަހު، އެކަމަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން އޭދަފުށީ ކައުންސިލުން ފާސްކުރި ފަސް މީހުންގެ މައްޗަށެވެ.

މި ފަސް މެންބަރުންގެ އިތުރުން ކޮމެޓީގައި އިތުރަށް ހިމެނެނީ ކައުންސިލަރުންނާއި ކައުންސިލުގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް އެވެ.

ވިލަރެސް ކޮމެޓީއަށް އާއްމުންގެ ތެރއިން އައްޔަން ކޮށްފައި ވަނީ އުތުރުގޭ މޫސާ ފާއިޒު، މަގޫމާގޭ ސިދުގީ އަބްދުﷲ، ހަނދުވަރު އަބްދުލްވާހިދު ހުސައިންގެ އިތުރުން އުތުރުގެ އާގެ ރިފާއު ޔޫސުފް އަދި އުޑުވިލާގޭ އަލީ އަޝްރަފެވެ.

އޭދަފުށީގެ ހިއްކިބިމުން 1400 އަކަފޫޓުގެ 158 ގޯތި ދޫކުރަން ވަނީ ނިންމަވާފައެވެ.

ބިން ފުރިފައިވާ އޭދަފުށީގެ ފަޅުހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު ރައީސް ޔާމީންގެ ސަރުކާރުންނެވެ. އޭގެފަހުން ހިއްކި ބިމުގައި 100 ހައުސިން ޔުނިޓް އެޅުމުގެ އަޑުތައް އެރުމަށްފަހު، ގޯތި ދޫކުރަން ސަރުކާރުން ނިންމެވީ 2019ވަނަ އަހަރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top