ރިސޯޓުތަކުގެ ސާވިސްޗާޖް މައްޗަށް ޖެހިލައިފި

169425-01-Vakkaru-Maldives-1.jpg

ވައްކަރު މޯލްޑިވްސް ރިސޯޓް

ކޮވިޑް ގައި ރިސޯޓުތައް ބަޑުދަމާލާފައި އޮތުމަށް ފަހު އޮތުމަށްފަހު ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު އިތުރުވަމާއި އެކު މުވައްޒަފުންނަށް ލިބޭ ސާވިސްޗާޖް ގެ އަދަދު މައްޗަށް ޖެހެން ފަށައިފި އެވެ.

އެގޮތުން ރިސޯޓުތަކުގެ ސާވިސް ޗާޖްވެސް މިދިޔަ ނޮވެންބަރު މަހު ވަނީ ރަނގަޅު އަދަދުތަކަަކުން އިތުރުވެފައި ކަމަށް ރިސޯޓް ވޯކާސް މޯލްޑިވްސް އިން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ.

”ރިސޯޓް ވޯކާސް މޯލްޑިވްސް“އިން ހާމަކުރާ ސާވިސްޗާޖް ލިސްޓަކީ ރިސޯޓުތަކުގެ މުވައްޒަފުން ފޮނުވާ މައުލޫމާތަށް ބަލައިގެން ތައްޔާރު ކުރާ ލިސްޓެކެވެ.

އެ ޕޭޖުން ހާމަކުރާ ގޮތުގައި ބ.އަތޮޅުގައި ހިންގާރިސޯޓު ތަކުގެ ތެރެއިން އެންމެ މަތީ އަދަދަކުން މިދިޔަ ނޮވެންބަރު މަހު ސާވިސްޗާޖް ދީފައިވަނީ ވައްކަރު މޯލްޑިވްސް ރިސޯޓުންނެވެ. އެރިސޯޓުން ސާވިސްޗާޖްގެ ގޮތުގައި ބޮލަކަށް 17378 ރުފިޔާ (1126.96 ޑޮލަރު) ލިބިފައިވެ އެވެ. ވައްކަރާ އެންމެ ގާތުން ވާދަކުރަނީ އަނަންތަރާ ކިހަވައް ރިސޯޓެވެ. އެ ރިސޯޓުން ދީފައިވަނީ 16815ރުފިޔާ (1090.45ޑޮލަރު) އެވެ.

ބ.އަތޮޅުގެ ރިސޯޓުތަކުން ތިންވަނައަށް އެންމެ ބޮޑު އަދަދަކުން ސާވިސް ޗާޖް ދީފައިވަނީ ސޮނެވާ އިންނެވެ. އެރިސޯޓުން ބޮލަކަށް 14518 ރުފިޔާ (941.5ޑޮލަރު) ލިބިފައިވެއެވެ.

ބ.އަތޮޅުގައި ހިންގާ މި ތިން ރިސޯޓުގެ އިތުރުން، ރިސޯޓް ވޯކާސް އިން ހާމަކޮށްފައިވާ ސާވިސް ޗާޖްގެ ލިސްޓުގައި ވަނީ  މިލައިދޫ އެވެ. އެރިސޯޓުން ލިބިފައިވަނީ 13090 ރުފިޔާ (848.91 ޑޮލަރު) އެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީ އަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިހަ ޕަސެންޓެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް، ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top