ފުޅަދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންގެ ޝަކުވާތައް ރައީސަށް ދަންނަވައިފި

b_1GXGhzmXUiyzjkOim8RWJeMuF.jpeg

ރައީސް ސޯލިހު، ފުޅަދޫ ކައުންސިލަރުންނާ ބައްދަލު ކުރެއްވުން--ފޮޓޯ : ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބ.އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ކުރައްވަން ފައްޓަަވާފައިވާ ދަތުރުފުޅުގައި ބ. ފުޅަަދޫއަށް ވަޑަައިގެންއެރަށުގެ ކައުންސިލަރުންނާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި ކައުންސިލަރުންގެ އިތުރުން އެރަށުގެ މުއައްސަސާ ތަކުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފުޅަދޫ ކައުންސިލު އިދާރާގައި އޮތް މިބައްދަލުވުމުގައި އެރަށުގެ ތަރައްގީއަށް ބޭނުންވެފައިހުރި މުހިންމު ކަންކަމާ ރައްޔިތުންގެ ޝަކުވާތަކާ ރަށުގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ރަނގަޅުފެންވަރުގެ ބަނދަރެއްނެތުމާއި ނަރުދަމާއާއި ކަރަންޓުގެ ދަތިތަކާއި ސިއްހީ ދާއިރާގައި ހުރި ބައެއް މައްސަލަތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ފެރީގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރުމާބެހޭގޮތުންނާއި ކުނީގެ މައްސަލަ ހައްލުކުރުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ކައުންސިލަރުންނާ މުއައްސަސާތަކުގެ ވެރިން ރައީސްއާ ހިއްސާކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފުޅަދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ.

އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top