ޖުލައި 18 އާއި 25 ބަންދުކުރުމުން އީދު ޗުއްޓީ 10 ދުވަހަށް!

big_5wjKGBWsD8HMn1lKx3q0lgBGu.jpg

ބަންދު ދުވަސްތަކުގެ ތެރެއަށް ދެ ދުވަސް އިތުރު ކުރުމުން މި އަހަރުގެ އީދު ޗުއްޓީ އަށް 10 ދުވަސް

މި ހިނގާ ޖުލައި މަހުގެ 18ވާ އާދިއްތަ ދުވަހާއި 25 ވާ އާދިއްތަ ދުވަހަކީ ސަަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ސަރުކާރުން ހަމަޖެއްސުމާއެކު މިއަހަރުގެ އީދު ޗުއްޓީ އަށް 10 ދުވަސް ލިބޭގޮތް ވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ 2021 ވަނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދެ ދުވަސް ކަނޑައަޅާ އެކަން ރައީސް ސޯލިހް ނިންމަވާފައިވާ ކަަމަށެވެ.

ކަލަންޑަރު ބުނާ ގޮތުން ޖުލައި 19 ވަނަ ދުވަހަކީ ހައްޖު ދުވަހެވެ. އެއީ ރަސްމީ ބަންދު ދުވަހެކެވެ. އަދި 20 ވަނަ ދުވަހަކީ އަޟްހާ އީދު ދުވަހެވެ. އޭގެ ފަހަށް ތިން ދުވަސް އެއީ އީދުގެ މުނާސަބަތުގައި ބަންދު ދުވަސްތަކެކެވެ. އެހެން ކަމުން ރަސްމީ ދުވަހަކަށް ވަނީ ޖުލައި 18 އާދިއްތަ އެކަންޏެވެ.

މީގެ އިތުރުން ޖުލައި 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަސްކަމުން އެ ދުވަސްވެސް އެއީ ބަންދު ދުވަހެކެވެ. 27 ދުވަސް ބަންދު ކޮށްފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައެވެ. ޖުލައި 18 އާއި 25 ބަންދު ކުރީ ޗުއްޓީގައި ތިބި މީހުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top