އެހެންމީހުންގެ އުނިސިފަތައް ހޯދުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިސްލާހު ކުރުމަށް ގޮވާލައްވައިފި

mosq.jpg

އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން. އީވީ ފޮޓޯ: އަބްދުލްޤައްޔޫމް ޔޫސުފް

އެހެންމީހުންގެ އުނިސިފަތަކައިގެން އަވަދިނެތި އުޅުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިސްލާހު ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

އަމިއްލަ ނަފުސު އިސްލާހުކުރަން އިސްކަންދިނުމުގެ މައުޟޫއަށް ބިނާކޮށް ލިޔެފައިވާ، މިއަދުގެ ޚުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާވެސް އަހަރެމެންނަށް އިރުޝާދު ދެއްވާފައި ވަނީ އެހެން މީހުންގެ އުނި ސިފަތައް ހޯދައި ބެލުމުގެ ބަދަލުގައި އެންމެ ފުރަތަމަ ކޮންމެ މީހަކުވެސް އޭނާގެ އަމިއްލަ ނަފުސުގެ އުނި ސިފަތައް ބަލައި ހޯދައި، އެ ސިފަތައް ރަނގަޅު ކުރުމަށް އިސްކަން ދިނުމަށް ކަމަށެވެ.

”ބައެއް މީހުންގެ މަސައްކަތަކީ އަބަދުމެ، މީސްތަކުންގެ އުނި ސިފަތައް ހޯދައި، ސޯޝަލް މީޑިއާގައި އެކަންކަން ހާމަކުރުމެވެ. ބައެއް ފަހަރަށް އެ މީހުން މީސްތަކުންނަށް މަލާމާތް ކުރަނީ މީހުންގެ ހާލަތާއި ސިފައާ ބެހޭ ގޮތުން ނެވެ. އަދި އަނެއްބައި ފަހަރަށް ނެތިމޮށެނީ މީހުންގެ ހަސަބާއި ނަސަބާއި ބެހޭ ގޮތުން ކަމަށާއި އެ މީހުންނަކީ އެއްވެސް އުނި ސިފައެއް ނެތް ފުރިހަމަ ބައެއް ކަމަށް އެފަދަ މީހުން ދެކޭ ކަމަށެވެ.“ ޚުތުބާގައި ބުނެފައިވެ އެވެ.

ހަމައެހެންމެ އަނިޔާވެރިކަމަކީ ތަފާތު ސިފަސިފައިގައިވާ ކަމެއް ކަމަށާއި އޭގެ ތެރޭގައި އަމަލުން ކުރާ އަނިޔާއާއި ބަހުން ކުރާ އަނިޔާއާއި ނަފުސާނީ ގޮތުން ކުރާ އަނިޔާވާ ކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.

އިސްލާމް ދީން ގޮވާލަނީ ތިބާގެ ދުލާއި އަތުގެ އަނިޔާވެރިކަމާއި ގޯނާތަކުން މީސްތަކުން ދުރުހެލި ކުރުމަށް ކަމަށާއި މީސްތަކުންގެ ޖާނާއި މާލާއި އަބުރަށް އަރައިނުގަނެ، މާއްދީ އަދި މާނަވީ ގޮތުންވެސް އެއްވެސް ދުޝްމަނުކަމެއް ނުބޭއްވުމަށް ކަމަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވާފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top