17 ރަށެއްގެ ލޭންޑްޔޫސް ޕްލޭން ފާސްކޮށްފި. އޭދަފުށި އަދި ހުށަނާޅާ

Ashafan-Latheef-750x375.jpeg

ރާއްޖެތެރޭގެ ރަށްރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް އައިއިރު 17 ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށްފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

މި 17 ރަށުގެ ތެރޭގައި ބ. އަތޮޅުން ގޮއިފުޅަފެހެންދުއާއި ކުޑަރިކިލު ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން ހާމަކުރިގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 68 ރަށަކުން ވަނީ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ހުށަހަޅާފައެވެ.

އޭދަފުށީގެ ލޭންޑް ޔޫޒް ޕްލޭން ފާސްކުރަން އަދި ނުފޮނުވާ ކަމަށް ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވިއެވެ. އެހެންނަމަވެސް ލޭންޑް ޔޫސް ޕްލޭނާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހުރިގޮތް މިހާރު ވަނީ ހޯދާފައި ކަމަށާއި މިހަފްތާ ނިމުމުގެ ކުރިން ފާސްކުރަން ފޮނުވާނެ ކަމަށް ފާތިހު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަށް ގައުމު ހިންގުމުގެ އުސޫލުގެ ދަށުން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއި އެކު ކޮންމެ ރަށެއްގެ ވެސް ލޭންޑް ޔޫޒް ޕްލޭން އެ ރަށެއްގެ ކައުންސިލުން ހެދުން ލާޒިމްކުރެއެވެ. މީގެ ކުރިން ކައުންސިލްތަކަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަތޮޅާއި ރަށުގެ އިހްތިސާސްގައިވާ ބިންތައް ބޭނުން ނުކުރެވުމެވެ. މި ބަދަލާއެކު ބިން ބޭނުންކޮށް އޭގެ ފައިދާ ކައުންސިލަށް ހޯދޭނެއެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި އިއްޔެ ވާހަކަދައްކަވަމުން އަފްޝަން ވިދާޅުވީ މިހާތަނަށް 68 ރަށެއްގެ ކައުންސިލަކުން ލޭންޑް ޔޫސް ޕްލޭން ހުށައަޅާފައިވާކަމަށާއި، އޭގެ ތެރެއިން 17 ލޭންޑް ޔޫސް ޕްލޭން ފާސްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެލްޖީއޭގެ ބަޖެޓުގައި ހިމެނިގެން ލޭންޑު ޔޫސް ޕްލޭން ހެދުމަށް ހަވާލުކުރެވުނު ހުރިހާ ރަށެއްގެ ފަންޑްސް މިހާރު އެކައުންސިލަކާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ލޭންޑް ޔޫސްޕްލޭން ހަދާ ފަރާތަކާ ހަވާލުކުރެވި އެ މަސައްކަތް ދަނީ ޝެޑިއުލާ އެއްގޮތަށް ކުރެވެމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

އަފްޝަން ވިދާޅުވީ ވީހާވެސް އަވަހަކަށް ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ހެދި ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ އެންމެ ފުރިހަމަ ނަފާ ރައްޔިތުންނަށް އެންމެ ފައިދާވާނެގޮތަކަށް ކުރެވިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top