ފައިސާގެ ބޮޑެތި އިނާމާއެކު ބާއްވާ ބޮޑުބެރު މުބާރާތެއް

img_md_202609140220221789377622.9329.jpg

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޮޑުބެރު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީސީސީ އިން ބުނީ މި މުބާރާތަކީ ދިވެހި ސަގާފީ ފަންނުތައް ދިރުވައި އާލާކުރުމަށާއި، ސަގާފީ ހުށަހެޅުންތަކުގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށް، ބޮޑުބެރުގެ ވާދަވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެެއް ކަަމަށެވެ.

މި އަހަރުގެ ބޮޑުބެރު މުބާރާތަށްވެސް ފައިސާގެ ބޮޑެތި އިނާމު ތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 1 ވަނައަށް 75،000 ރުފިޔާ، 2 ވަނައަށް 50،000 ރުފިޔާ އަދި 3 ވަނައަށް 25،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެންމެ މަޤްބޫލު ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ބޮޑުބެރު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓަރ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 17 ސެޕްޓެމްބަރ 2026އެވެ. މުބާރާތުގައި ރަޖިސްޓަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބީސީސީގެ ސޯޝަލް މީޑިއާ މަންސަތަކުގައި ހިއްސާކޮށްފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top