ރައީސް އެދިވަޑައިގަންނަވަނީ އެންސީގެ މެންބަރުން މިސާލު ދެއްކުމަށް

big_Dd4QU6zmXuH6ztwdy9plabCNS.jpeg

ރައީސް ޑރ. މުހައްމަދު މުއިއްޒު

ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ސިޔާސީ މައިދާނުގައި މިސާލު ދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސް މިކަމަށް އެދިވަޑައިގަތީ ޕީއެންސީގެ މަތީ މަޖިލީހުގެ އިންތިޚާބު ފެށުމުގެ ގޮތުން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

”ޕީއެންސީގެ މެންބަރުން މަސައްކަތް ކުރަންވާނީ އެއް އާއިލާއެއްގެ ގޮތުގައި ލާމަސީލު މިސާލު ދައްކަމުން ގައުމުހެ ކުރިމަގު ބައްޓަންކުރަން އެދިގެން . ޕީއެންސީގެ މެންބަރުން ކޮންގްރެސްއަށް އެއްވެ ތިބީ އެކުގައި މަސައްކަތް ކުރުމުގެ ވަރުގަދަ އަޒުމުގައި ކަމަށް އަންގައިދޭންޖެހޭ. ޕާޓީގެ ހުރިހާ މެމްބަރުން އެއް ރޫހެއްގައި އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތަނަށް އައިސް މިތިބީ،” ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕީއެންސީގެ ޝިއާރަކީ އެންމެ ފުރަތަމަ ގައުމު ކަމަށާއި އެކަން އަބަދުވެސް ހަނދާނުގައި ހުންނަންޖެހޭ ކަމަށެވެ.

ޕީއެންސީއަކީ މިއަދު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕީއެންސީގެ ޓިކެޓްގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕީއެންސީގައި އޭރު ތިބީ 3،000 މެމްބަރުން ކަމަށެވެ. އެކަމަކު ޕީއެންސީގެ މެންބަރުންގެ އަދަދު 80،000 އަށް މިހާރު ގާތްކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެވަރުގެ ނަތީޖާއެއް ލިބުނީ ޕާޓީ ވަރުގަދަކުރުމަަށް މެންބަރުން ކުރާ މަސައްކަތްތަކުގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.

ޕީއެންސީގެ ކޮންގްރެސް މިއަދު ފެށިގެންދާއިރު ރާއްޖޭގެ ހުރިހާ ރަށަކުންވެސް ކޮންގްރެސްގައި މެންބަރުން ބައިވެރިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top