ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ 2026: ކުއާޓާ ފައިނަލް ފޯރިގަދަ

l_178946441825L01a.jpg

ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާގައި ބަގޭސް ކަންމައްޗާާއި ޑީސީއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ބ. ހިތާދޫ ކައުންސިލުން ކުރިއަށްގެންދާ “ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ 2026” ގްރޫޕް ސްޓޭޖް މެޗުތައް ނިންމާލާ، ކުއާޓަރ ފައިނަލް މެޗުތައް ކުޅެން ތައްޔާރުވެއްޖެ އެވެ.

ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު 1630 ގައި ވަރިހަމަ ޕްލަސް ނުކުންނާނީ ބަގޭސް ކަންމައްޗާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ބަގޭސް ސްޕޯޓްސް ކުލަބް، ވަރިހަމަ އެފްސީ އާ ދެކޮޅަށް ނުކުންނައިރު ތިންވަނަ މެޗުގައި ބަރާބަރު އެފްސީ ނުކުންނާނީ ޓީމް ވެލައާ ދެކޮޅަށެވެ. އަދި ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި ޑީސީއެސްސީ ނުކުންނާނީ ބަގޭސް ލެޖެންޑްސްއާ ދެކޮޅަށެވެ.

މި ޓީމުތައް ކުއާޓަރއަށް ގޮސްފައިވާ ގޮތަށް ބަލާއިރު، ގްރޫޕް އޭގެ ވަރިހަމަ ޕްލަސް، ކުއާޓަރ އަށް ގޮސްފައިވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ، އެއް މެޗުން މޮޅުވެގެންނެވެ. އަދި ބަގޭސް ލެޖެންޑްސް ކުއާޓަރ އަށް ގޮސްފައިވަނީ ދެ މެޗުންވެސް އެއްވަރުވެގެންނެވެ. މި ގްރޫޕުގައި ދެން ހިމެނުނީ ދަ ބެސްޓް އެވެ.

ގްރޫޕް ބީ އިން ކުއާޓަރ އަށް ދިޔައީ އެއްވަނަ ޓީމުގެ ގޮތުގައި ބަގޭސް ސްޕޯޓްސް ކުލަބް އަދި ދެވަނަ ޓީމުގެ ގޮތުގައި ޓީމް ވެލައެވެ. މި ގްރޫޕުގައި ދެން ހިމެނުނީ ޑީސީއެފްޓީ އެވެ. ބަގޭސް ކުޅުނު ދެމެޗުވެސް ކާމިޔާބުކުރިއިރު ވެލައަށް ކާމިޔާބުކުރެވުނީ އެއް މެޗެވެ.

ގްރޫޕް ސީގެ ބަރާބަރު އަދި ވަރިހަމަ އެފްސީ، އެއްވަނަ އަދި ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރއަށް ދިޔައިރު ގްރޫޕުގައި ދެން ހިމެނުނީ ތާޓީ ޕްލަސް އެވެ. -18 ގޯލާއެކު މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ބޮޑު ގޯލް ޑެފެސިޓެއް އޮތް ޓީމަކީވެސް ތާޓީ ޕްލަސް އެވެ. ދެވަނައިގައި -16 ގޯލާއެކު އޮތީ ގްރޫޕް ޑީގެ ކަހަނބެވެ.

ގްރޫޕް ޑީއިން ކުއާޓަރ އަށް ދިޔައީ ޑީސީއެސްސީ އާއި ބަގޭސް ކަންމައްޗެވެ. މި ގްރޫޕުގައި ދެން ހިމެނުނު ޓީމް ކަހަނބު، ދެމެޗުންވެސް ބަލިވެފައިވާއިރު، ދެވަނަ ބުރަށް ދިޔަ ދެޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 އަކުން އެއްވަރުވެގެންނެވެ. އެހެންކަމުން މި ގްރޫޕުގެ އެއްވަނަ އާއި ދެވަނަ ކަނޑައެޅީ ފައިދާ ގޯލަށް ބަލައިގެންނެވެ.

މި މުބާރާތް މިހާތަނަށް ސިފަވެފައިވަނީ ގިނަ ގޯލުތަކެއް ފެންނަ، ފޯރިގަދަ މުބާރާތެއްގެ ގޮތުގައެވެ. މީގެ އިތުރުން، ވެހޭ ވާރެއަކަށް، ދޭ އަތްވަކަށް ނުބަލާ، ޓީމުތަކަށް ސަޕޯޓުކުރަން ނުކުންނަ ނުކުތުމުން ހިތާދޫގައި ފުޓްސެލްއަށް އޮތް ލޯބިވެސް މުބާރާތުގެ ތެރެއިން ފެނިގެންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top