ވިހާފައި ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެ

b_XhTqC3a2EFP0AAyVkcRvfBDb6.jpg

އދ. ދިގުރަށް --- ފޮޓޯ: ދިގުރަށް ރިޓްރީޓް ބީޗް

އދ. ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނިގެން އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ފުލުހުން ބުނީ މި މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 9:20 ހާއިރު ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ދަނީ ދިގުރަށުގައި ހަރަކާތްތެރިވަމުންނެވެ.

ކުއްޖާ ބެއްލެވި ޑޮކްޓަރާ ހަވާލާދެއްވާ ފުލުހުން އިތުރަށް ބުނީ ކުއްޖާ މަރުވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާ އޮތީ ކަޅުކުލައިގެ ޑަސްބިން ކޮތަޅަކަށް ލާފަ އެވެ. ދިގުރަށުން މައުލޫމާތު ލިބުނު ގޮތުގައި އެ ކުއްޖާ ފެނިފައި ވަނީ ބިދޭސީން ގޮނޑަށް ކުނި އަޅަމުން ދަނިކޮށް ކަމަށާއި އެ ކުއްޖާ ފެނުމާ އެކު، އެކަން ރަށު ކައުންސިލަށް އެންގި ކަމުގަ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރަށު ކައުންސިލުން ކަމަށް ވެ އެވެ.

މައްސަލައިގެ ތުހުމަތުގައި ދިގުރަށުން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top