ފުޅަދޫ އަންހެނުންގެ ކޮމިޓީގެ އިންތިޚާބު އޮގަސްޓުމަހު

0_1383578140untitled1_news.jpg

ބ.ފުޅަދޫ

ބ.ފުޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އޮގަސްޓް މަހު ހަތްވަނަ ދުވަހު ބާއްވަން ނިންމަވައިފި އެވެ.

ފުޅަދޫގައި މިއިންތިޚާބު ބާއްވަނީ ކޮމިޓީއަށް ކުރިމަތި ލާންޖެހޭ މެންބަރުންގެ އަދަދަށް ވުރެ މަދުން ކުރިމަތިލާލުމުންނެވެ. ވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުން ނޫސްބަޔާނުގައި ބުނެފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާ ދާއިރާތަކަށާއި އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ދާއިރާތަކާއި ދެވަނަ ބުރުގައި އެއްވަރުވި ދާއިރާތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު މިއަންނަ އޮގަސްޓުމަހުގެ ހަތް ވަނަ ދުވަހު ބާއްވަން ނިންމާފައިވާކަމަށެވެ.

އެގޮތުން ފުޅަދޫ ހިމެނޭ ގޮތުން ނުވަ ރަށެއްގައި އިންތިހާބު ބާއްވަން ނިންމާފައިވެއެވެ. އެއީ ހދ. ނޮޅިވަރަމު، ހދ. ނޭކުރެންދޫ، ކ. ދިއްފުށީ، އއ. ފެރިދޫ، ވ. ރަކީދޫ، މ. ރަތްމަންދޫ، ނ. މަގޫދޫ އަދި ލ. މާބައިދޫ އެވެ.

އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2021 އޮގަސްޓް 07 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 15:00 އަށްކަމަށާއި ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2021 އޮގަސްޓް 10 ވާ އަންގާރަ ދުވަހުންކަމަށް އިލެކްޝަންސް ކޮމިޝަން އިން ނެރުން ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް  އެ ފުރުސަތު، 2021 ޖޫން 23 ވާ ބުދަ ދުވަހުގެ 9:30 ން ފެށިގެން، 2021 ޖުލައި 08 ވާ ބުރާސްފަތި ދުވަހު 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ކަމަށް އިލްކެޝަންސް ކޮމިޝަންއިން އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top