ކާޑު ޑީއެކްޓިވޭޓް ކުރަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް: ބީއެމްއެލް

big-gy0zl13z4k3umzzvl4nmuzaef.jpg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކާޑު ޑީއެކްޓިވޭޓް ކުރަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ޓަކާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން ބުނީ އެއްވެސް ކާޑެއްގެ މައުލޫމާތު ކޮމްޕްރޮމައިޒް ވެއްޖެކަން ބޭންކަށް ފާހަގަ ކުރެވިއްޖެނަމަ، ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެ ކާޑް ޑީއެކްޓިވޭޓް ކުރާނެ ކަމަށެވެ.

އެކަމާއި ގުޅިގެން ބީއެމްއެލް އިން ބުނީ، އެބޭންކްގެ ބައިނަލްއަގްވާމީ ކާޑް ޕާޓްނާރސްްގެ އެހީތެރިކަމާއެކު، އެއްވެސް މިންވަރަކަށް ޑޭޓާ ކޮމްޕްރޮމައިޒް ކުރާކަން ފާހަގަ ވެއްޖެނަމަ، ނުގަވައިދުން އެއްވެސް ކާޑަކުން މުއާމަލާތެއް ހިންގުމުން ކަސްޓަމަރުން ރައްކާތެރިކޮށްދިނުމަށްޓަކައި، އެފަދަ ޑޭޓާ ކޮމްޕްރޮމައިޒް އަކާއި ގުޅުން ހުރި ހުރިހާ ކާޑުތަކެއް ޑީއެކްޓިވޭޓް ކުރުމަކީ އާންމު އުސޫލުން ކުރާ ކަމެއް ކަމަށެެވެ.

ބީއެމްއެލްގެ ބައެއް ކާޑުތަކުގެ މައުލޫމާތު ބޭރުގެ ބައެއް ވެބްސައިޓްތަކުގައި ކޮޕްރައިޒް ކުރާކަން ބައިނަލް އެގްވާމީ ކާޑު އެޖެންޓްތަކުން އެ ބޭންކަށް ވަނީ އަންގާފައެވެ. މިއާއެކު މިފަދަ ހީލަތްތެރި މުއާމަލާތްތަކެއް ހިނގިދިޔަ ނުދިނުމުގެ ގޮތުން ބައެއް ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ކާޑް ޑީއެކްޓިވޭޓް ކުރިކަން އެ ބޭންކުން ދަނީ އަންގަމުންނެވެ.

“މިގޮތުން ޑޭޓާ ކޮމްޕްރޮމައިޒްވި ވަރަށް މަދު އަދަދެއްގެ ކާޑުތަކުގެ ކަސްޓަމަރުންނަށް ބޭންކުންވާނީ މިކަމާ ގުޅޭ ގޮތުން އީމެއިލް ފޮނުވާފައި”. އެ ބޭންކުން ބުންޏެވެ.

އެ ބޭންކުން ބުނީ، ކާޑު ޑިއެކްޓިވޭޓްކޮށް އައު ކާޑެއް ހެއްދުމަށްފަހު ބޭންކުން ކަސްޓަމަރަށް އަންގާނެ ކަމަށެވެ.

މިއީ ކަސްޓަމަރުގެ އެކައުންޓްގެ ނުވަތަ ކާޑުގެ މައުލޫމާތު މި ބޭންކުން ބޭރުވެގެން ހިނގާފައިވާ ކަމެއް ނޫން ކަމުގެ ޔަގީންކަން އެ ބޭންކުން ދިނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top