ރާއްޖެތެރޭގެ ފުރަތަމަ ޑޮލަރު އޭޓީއެމް މާފުށީގައި

ކހކހ.jpg

މާފުށީގެ ޑޮލަރު އޭޓީއެމް އިން މީހަކު ޑޮލަރު ނަގަނީ

ރާއްޖެތެރޭގައި ބަހައްޓާ ފުރަތަމަ ޑޮލަރު އޭޓީއެމް ކ.މާފުށީގައި ބަހައްޓައި އިއްޔެއިން ފެށިގެން ޚިދުމަތް ދޭން ފަށައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާފުށީ ބްރާންޗުގައި އިއްޔެ އަލަށް ބެހެއްޓި މި އޭޓީއެމް އިން އާއްމުންނަށާއި ވިޔަފާރިތަކަށްވެސް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބެ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި އޭޓީއެމް އަކީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަހައްޓާފައި ހުރި އޭޓީއެމް ނެޓްވޯކަށް އިތުރުވެގެންދާ އޭޓީއެމް އެކެވެ.

ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މާފުށީގައި ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ޚިދުމަތަށް އޮތް ޑިމާންޑް އަންނަނީ އިތުރުވަމުން ކަމަށެވެ.

“އެހެންކަމުން މިކަމަށް އެހީތެރިވުމުގެ ގޮތުން މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،” އޭނާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދާދި ފަހުން ވަނީ މާފުށި ބްރާންޗުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާވެސް ކޮށްފަ އެވެ. އެގޮތުން މާފުށި ބްރާންޗުން ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިން އަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި، ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ ހިދުމަތްތަކެއް މިހާރު ލިބެ އެވެ.

މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top