އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓް

IMG_20200724_134101732-1.jpg

މޫސުން ގޯސް ދުވަހެއް.

ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ހާމަކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ މޫސުން އާންމުކޮށް ރަނގަޅުވި ނަމަވެސް، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އެގޮތުން 15 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

އީދު ބަންދުގައި މޫސުން އާންމުކޮށް ރަނގަޅުވި ނަމަވެސް ދޭތެރެއަކުން ކެރީގެ އަސަރު ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވާއިރު އީދު ބަންދަށް ރަށްރަށަށް ދިއުމަށް ގިނަ ބަޔަކު އަންނަނީ ތައްޔާރުވަމުންނެވެ.

އެ ގޮތުން ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރާ އުޅަނދުތަކުގެ ޖާގަ ވަނީ ފުރިފަ އެވެ.

މި އަހަރުގެ ޙައްޖު ދުވަހަކީ މި މަހު 15ވާ ހޮނިހިރު ދުވަހެވެ. އީދު އަވަސްވުމާ އެކު ސަރުކާރުން ވަނީ މި މަހު 20 ވާ ބުރާސްފަތި ދުވަސް ވެސް އީދު ބަންދުގެ ތެރެއަށް ލައިފައެވެ. އެއާއެކު އަންނަ ހަފްތާގެ ހަތް ދުވަހުގެ އިތުރުން ޖުމްލަ 9 ދުވަސް ބަންދުގެ ގޮތުގައި ލިބޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top