އޭދަފުށި ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން އެފްރޯ ސްޕޯޓްސް އަށް

big_GjR5NCXuZhzWXZgvcaHEkF0EA.jpg

ކްލަބް އޭދަފުއްޓާއި އޭދަފުށީ ކައުންސިލް ގުޅިގެން ފިތުރު އީދުގެ މުނާސަބަތުގައި ބޭއްވި ނޯތު ވެސްޓް އޭދަފުށީ ފުޓްސަލް ކަޕްގެ ޗެމްޕިއަން ކަން އެފްރޯ ސްޕޯޓްސް އިން ހޯދައިފި އެވެ.

އެފްރޯ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލުގައި، ޒުވާން ކުޅުންތެރިން ތަކެއް ހިމެނޭ އޯލް ވުލްވްސް އާ ވާދަކޮށް 0-4 އިން މޮޅުވެގެންނެވެ.

އެފްރޯ އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އަހުމަދު އަޝްރަފް (ސޮބީ) އާއި އިޝާން އިބްރާހީމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓެ) އަދި އައްޒާމެވެ. މެޗުގައި ފާސިރު ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ.

އޯލް ވުލްވްސް އިން މެޗުގައި ފޮނުވާލި ގިނަ ހަމަލާތަކެއް އަފްރޯ ޓީމުގެ ގޯލްކީޕަރު އަބްދުﷲ ނާސިހު މަތަކުރި އެވެ.

ފައިނަލުގައި މި ދެޓީމު ވާދަކުރިއިރު ގްރޫޕް ސްޓޭޖުގައި މި ދެޓީމުގެ ކުރިމަތިލުން 1-2 އިން ކާމިޔާބުކުރީ އޯލް ވުލްވްސް އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ފާސިރު އަށެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޯލް ވުލްވްސް ޓީމުން ވިދާލި 17 އަހަރުގެ ޖައުޝަން އެވެ.

އޭދަފުށީގެ 12 ޓީމު ވާދަކުރި މުބާރާތުގެ މެޗުތައް ކުޅުނީ އޭދަފުށީގައި އަލަށް ތަރައްގީކުރި ޓާފް ފުޓްސަލް ދަނޑުގަ އެވެ. މި ފުޓްސަލް ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރީ އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމްގެ އެހީތެރިކަމާ އެކު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top