އީއައިއޭ ނުހަދާ ސޮނެވާ ފުށި ފަޅުތެރޭގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރުމުން ޖޫރިމަނާ ކޮށްފި

233498_4_5714650829f63fe795e7cd8d02f611f3d8cd3f5f_large.jpg

ސޮނޭވާ ފުށި ... ފޮޓޯ: ސޮނޭވާ ފުށި

އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތްތަކެއް ކޮށްފައި ވާތީ، އެ މަސައްކަތް ކުރި ބަނީ ހޯލްޑިންގްސް (ބީވީއައި) ލިމިޓެޑް 20،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭއިން މިއަދު ބުނީ، ބަނީ ހޯލްޑިންގެ ފަރާތުން އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް، ސޮނޭވާފުށީގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން އެ މައްސަލަ ބެލި ކަމަށެވެ.

އަދި މި މައްްސަލައިގައި އެ ކުންފުނި 20,000ރ. އިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ ދައްކަން އަންގާފައިވާނެ ކަަމަށްވެސް ބުނެފައި ވެއެވެ.

އޭގެ އިތުރުން، ސޮނެވާ ފުށިގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމަށް މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާއި ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު އެކަމާގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށްވެސް އަންގާފައިވާނެ ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top