ދަރަވަންދޫގައި ފާހަގަކުރާ އީދު ކުޅިވަރުތައް އެސްއެސްޓީވީ އިން ވަގުތުން

large_1686813934531J5f.png

އަޞްހާ އީދުގެ ލައިވް ކަވަރޭޖް ބ. ދަަރަވަންދޫއިން ގެނެސްދިނުމަށް އެސްއެސްޓީވީއިން ދަރަވަންދޫ ކައުންސިލާއިއެކު ސޮއިކުރުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ

ބ.ދަރަވަންދޫގައި މިއަހަރު ފާހަގަކުރާ އަޟްހާ އީދު ކުޅިވަރުތަކުގެ ލައިވް ކަވަރޭޖް ގެނެސްދިނުމަށް އެސްއެސްޓީވީއިން ދަރަވަންދޫ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށް ޚާއްސަކޮށް ސަން ސިޔާމް މީޑިއާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވީ މިފަހަރުގެ އީދު ތަފާތު ވާނެ ކަމަށެވެ. އަދި ޒަމާނުއްސުރެ ދަރަވަންދުއަކީ ރައްޔިތުން ގުޅިގެން ވަރަށް ފޯރީގައި އީދު ފާހަގަކުރާ ރަށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމީހު ވިދާޅުވީ މިފަހަރުގެ އީދުވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ރައްޔިތުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދަރަވަންދުއަށް ޒިޔާރާތްކުރާ މެހެމާނުންނަށް ފޯރިގަދަ، ހިތްހަމަޖެހޭ އީދަކަށް ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިފަހަރުގެ އީދު ހަރަކާތްތައް ބާއްވަނީ ހުރިހާ އުމުރު ފުރާތަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ކަމަށެވެ. އަދި ކުޑަކުދިންނަށް ޚާއްސަ ކޮށް މާލި ނެރުމާއި އީދާ ގުޅުވައި ކުޑަކުދިންގެ ހަވީރެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދެން ބާއްވާ ހަރަކާތްތަކަކީ ބޮޑެތި މީހުންނަށް ޚާއްސަ ހަރަކާތްތައްކަން ފާހަގަކޮށް ސަމީހު ވިދާޅުވީ މާލި ނެރުމާއި ސަގާފީ އެކިއެކި ހަރަކާތްތައް އޭގެތެރޭގައި ހިމެނޭ ކަމަށެވެ.

ދެން ފާހަގަކޮށްލަން ކުދިބޮޑު އެންމެންނަށް އަމާޒުކޮށްގެން ވަރަށް ޚާއްޞަ ހަރަކާތެއް އޮންނާނެ. އެއީ ބާބަކިއުއެއް. މި ބާބަކިއުގައި ރަށުގެ އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވަން. އަޅުގަނޑުމެންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް އެއީ ބާބަކިއު އޮންނަ ރޭ ހުރިހާ ފަރާތްތަކުންވެސް މީގަ ބައިވެރިވުން: ދަރަވަންދޫ ކައުންސިލް ރައީސް ޢަލީ ސަމީހު

ދަރަވަންދޫގެ ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލާއި ޑަބްލިއުޑީސީ ގުޅިގެން ފާހަގަކުރާ އީދުގައި ރަށުގެ އެހެނިހެން މުއައްސަސާތަކުންވެސް ބައިވެރިވާނެއެވެ. އެގޮތުން ފެނަކައާއި ދަރަވަންދޫ އެއާޕޯޓާއި ބ. އަތޮޅު މަދަރުސާއިންނާއި ދަރަވަންދޫ ސިއްހީ މަރުކަޒުން ވެސް ބައިވެރިވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top