ބަހިއްޔާ ޕްރީ ސްކޫލްގައި، އޭދަފުށީ ޕޮލިހުން ހިލޭ ކުލަލާން ފަށައިފި

އޭދަފުށީ ޕޮލިހުގެ މުވައްޒަފުން އިއްޔެ ބަހިއްޔާ އިމާރާތުގައި ކުލަލަނީ. ޕޮލިހުން މިމަސައްކަތް ކުރަނީ ހިލޭ ސާބަހަށް / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

އޭދަފުށީ ޕޮލިހުގެ މުވައްޒަފުން އިއްޔެ ބަހިއްޔާ އިމާރާތުގައި ކުލަލަނީ. ޕޮލިހުން މިމަސައްކަތް ކުރަނީ ހިލޭ ސާބަހަށް / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

އޭދަފުށީ ރައްޔިތުންގެ ޕްރީ ސްކޫލްކަމުގައިވާ ބަހިއްޔާ ޕްރީ ސްކޫލްގެ އިމާރާތުގެ ކުލަ، އޭދަފުށީ ޕޮލިހުން އިސްނަގައިގެން އައުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހޮނިހިރުދުވަހު ފެށި މިމަސައްކަތުގެ ދަށުން ޕްރީ ސްކޫލްގެ ދެބުރި އިމާރާތާ، ވަށާފާރު އަދި ކޮންކްރީޓް ގޭޓްގެ ކުލަކަހައި އައުކުލަ ލުމަށް ހަމަޖެހިފައިވާކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. އޭދަފުށީ ކައުންސިލުން ބުނީ ބަހިއްޔާގެ ކުލައައުކުރުމުގެ މަސައްކަތް ފުލުހުން ފެށީ އަމިއްލަ އިސްނެގުމަކަށް ކައުންސިލުން ކުލައާ، ތަކެތި ދިނުމުން ކަމަށެވެ. ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ އޭދަފުށީ ފުލުހުން މިފަދަ މަސައްކަތްތަކަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

“އަޅުގަނޑުމެން ކުލަގަނެގެން ބެލެނިވެރިންނާ މަޝްވަރާކުރަނިކޮށް ފުލުހުން އެދުނީ އެކަން އެބޭފުޅުން ކޮށްދީފާނެކަމަށް، އަނެއްކާ މިކަމަކީ ވަރަށް ޓެކްނިކަލް، ކެއްތެރިކަމާއެކު ކުރަންޖެހޭ ކަމަކަށްވާތީ، ފުލުހުންނަކީ މިކަމަށް އެންމެ ގާބިލްޓީމްކަމަށް އަޅުގަނޑުދެކެން. އަދިވެސް އެއްފަހަރު ފުލުހުންގެ އެބުރަ މަސައްކަތަށް ޝުކުރު ދަންނަވަން”

ކުރީގެ ބައު އިމާރާތް ތަޅާލުމަށްފަހު ބަހިއްޔާގައި ފޭލި ޖަމްއިއްޔާއިން މިހާރު އިމާރާތްކޮށްފައިވާ އައުއިމާރާތުގެ ކުލަ އާކުރާ މިއީ ފުރަތަމަ ފަހަރެވެ. ބަހިއްޔާ އާއިމާރާތް ހުޅުވުނީ 2009 ވަނައަހަރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top