އޭދަފުށިން ކޮވިޑަށް ފަރުވާދިން އެންމެން ރަނގަޅު ވެއްޖެ.

DSCN3341.jpg

އޭދަފުށި ބަނދަރުމަތި.

ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން އޭދަފުށީގައި މިހާތަނަށް ފަރުވާ ދިން އެންމެން ރަނގަޅު ވެއްޖެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިހާތަނަށް އޭދަފުށީގައި ކޮވިޑަށް ޕޮޒިޓިވް ވެގެން ފަރުވާ ދީފައިވަނީ ޖުމްލަ 10 މީހުންނަށް ކަމަށާ މި މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވެގެން ނެގި ސާމްޕަލް އިން ކަމަށެވެ. މި އެންމެންވެސް މިހާރުވަނީ ބަލިން ރަނގަޅުވެ ދޫކޮށްލާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 9،173 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި 7،326 މީހަކު މިބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.

މި ބަލި ޖެހިގެން މިހާތަނަށް 1،809 މީހަކަށް ފަރުވާ ދެމުން އަންނައިރު 33 މީހަކު މިބަލީގައި ވަނީ މަރުވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top