ސޭފް ޓްރެވަލް ލިސްޓްގައި ރާއްޖެ ހިމެނިއްޖެ

Eh87aoUVkAAMDJT.jpg

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން ދޭ، ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެއަށް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ ރާއްޖެއިން ކޮވިޑް19ގެ ހާލަތުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ޑަބްލިއުޓީޓީސީ އިން ބަލައިގެންފައިވާ ކަމަށާއި އެ ޖަމްއިއްޔާ އިން ދޭ ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

މި ސްޓޭމްޕް ލިބުނުކަން ރާއްޖެއަށް އަންގާފައިވަނީ އިއްޔެ އެވެ. މިހާރު ޑަބްލިއުޓީޓީސީން ވެސް ވަނީ އެކަން އިއުލާނު ކޮށްފަ އެވެ.

“ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލްގެ އެންޑޯޒްމަންޓުވެސް ލިބިއްޖެ. މިނިސްޓްރީން އެކަން ރަސްމީކޮށް އިއުލާނު ކުރާނެ… ސޭފް ޑެސްޓިނޭޝަން އެންޑޯޒްމަންޓް ލިބިއްޖެ. މި ހުރިހާ ކަމަކުން އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދެވޭނެ،” ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ރާއްޖެއަށް “ސޭފް ޓްރެވަލް” ސްޓޭމްޕް ލިބިފައިވާއިރު، ރާއްޖެއަށް  ޓޫރިސްޓުން އައުމުގެ ކުރިން ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތުން ސަރުކާރުން ވަނީ މީގެ ކުރިން ހަމަޖައްސާފައެވެ.

ޑަބްލިއުޓީޓީސީ އިން ދޭ “ސްޓޭމްޕް” އަކީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގައި ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމުން، ދޭން ސެޓްފިކެޓެކެވެ. މި ސެޓްފިކެޓް އެންމެ ފުރަތަމަ ހޯދި އެއް ގައުމަކީ އަވަށްޓެރި ސްރީލަންކާ އެވެ. މި ސެޓްފިކެޓް ދޭ ޑަބްލިއުޓީޓީސީން ބުނެފައިވާ ގޮތުގައި މިއީ ޓޫރިސްޓުންނަށް ޔަގީންކަން ލިބިގެންދާނެ ސެޓްފިކެޓެކެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ބޯޑަރު ހުޅުވުމުގެ ކުރިން ސަރުކާރުން ކުރި ދިރާސާ އިން ދެއްކި ގޮތުގައި ރާއްޖެ އަށް 800،000 ޓޫރިސްޓުން އަންނާނެ އެވެ. ނަމަވެސް މިހާރު ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ މި އަހަރު އަންނާނީ 100،000 ޓޫރިސްޓުންނެވެ. މިހާތަނަށް އައިސްފައިވަނީ 9،000 ޓޫރިސްޓުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top