ކޮވިޑް-19 : އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ 30-45 އަހަރުގެ މީހުން .

IMG-20200914-WA0001-850x548.jpg

ޑރ.އިބްރާހީމް އަފްޒަލް.

ރާއްޖެއިން އެންމެ ގިނަމީހުން ޕޮޒިޓިވް ވެފައިވާ އުމުރަކީ 30 އަހަރާއި 45 އަހަރާ ދެމެދު ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ކޮވިޑް-19ގެ މައުލޫމާތު ހާމަކޮށްދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލު ވުމުގެ ތެރެއިން ރޭގެ ބައްދަލު ވުމުގައި އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ޒުވާން އުމުރު ފުރައިން ކަމަށެވެ. އެގޮތުން އުމުރުން 30 އުމުރާއި 45 އަހަރުގެ 3230 މީހުން، ކޮވިޑަށް ޕޮޒިޓިވް ވި ކަމަށް ޑރ.އަފްޒަލް ވިދާޅުވި އެވެ.

ދެވަނައަށް އެންމެ ގިނައިން ބަލި ޖެހިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންނަށެވެ. މި އުމުރު ފުރައިގެ 2363 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. ތިންވަނައަަށް، އުމުރުން 45 އަހަރާއި 60 އަހަރުގެ މީހުންނެވެ. މިއުމުރު ފުރައިގެ 1144 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

ކޮވިޑަށް ފައްސިވީ އެއް އަހަރު ނުފުރޭ ތުއްތު ކުދިންގެ އަދަދަށް ބަލާއިރު 929 ތުއްތު ކުދިން މިހާރު މިބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަަށް ތަފާސް ހިސާބު ތަކުން ދައްކައެވެ.

ޑރ.އަފްޒަލް ވިދާޅުވި ގޮތުގައި އަހަރު ނުފުރޭ ކުޑަކުދިން މިބައްޔަށް ޕޮޒިޓިވް މިންވަރުވެސް  މިހުރީ ކަންބޮޑުވާ މިންވަރެއްގައެވެ.

“މިއީ އަޅުގަނޑުމެން ވަކިން ވިސްނާލަން ޖެހޭ ކަމެއް. ހަމަ ގައިމުވެސް ކުޑަ ކުދިންނަށް ބަލި ޖެހޭނީ ކޮންމެވެސް އެހެން މީހެއްގެ ފަރާތުން. ކުޑަ ކުދިންނަށް ވެސް ރައްކާތެރިކަން ދެވޭނީ އަޅުގަނޑުމެންގެ އަމަލުތައް ރައްކާތެރިގޮތަކަށް ބަހައްޓައިގެން،” ޑރ. އަފްޒަލް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top