”އަހާ“ފޯރަމް އަށް މިހާރު ސުވާލު ފޮނުވޭނެ

bjkbm-.png

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން “އަހާ”ގެ ނަމުގައި ބާއްވާ ދެވަނަ ޕަބްލިކް ފޯރަމް އަށް މިހާރު ސުވާލު ފޮނުވޭނެ ކަމަށް ހަމަކޮށްފި އެވެ.

މި ފޯރަމް އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭ 8:30 ގަ އެވެ.

މި ފަހަރުގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ.

އެ ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލު ފޮނުވާނީ އޭއެޗް ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްލައި، ސުވާލު ލިޔުމަށްފަހު 300އަށެވެ.

ދެ މަހުން އެއްމަހު ބާއްވާ މި ފޯރަމްގައި ބޭނުން ސުވާލެއް، އެ ފޯރަމްގައި އެ ވަގުތު އެ ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރެވޭނެއެވެ.

މި ސަރުކާރުން ‘އަހާ’ގެ ނަމުގައި ފުރަތަމަ ފޯރަމެއް ބޭއްވީ މިދިޔަ ޖެނުއަރީ މަހުގެ 25ގަ އެވެ. އޭގެފަހުން ބޭއްވި ފޯރަމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top