ތިން ރަށެއްގައި ބޮޑުއީދު ފާހަގަކުރަން ނިންމައިފި

ujuj.jpg

ރާއްޖޭގެ ތިން ރަށެއްގައި މިއަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީ ނިންމައިފިއެވެ.

އެކަމަށް ބޭނުންވާ ރަަށްރަށުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ.

އެ މިނިސްޓްރީން ވިދާޅުވީ ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން ތިން ރަށެއް ކަނޑައަޅާނީ އަޟްހާ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި ކައުންސިލުން ކުރައްވާނެ ޚަރަދުތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި އަގެއް ނުނަންގަވާ އެރަށަކުން ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށް ވެސް ބަލާނެއެެވެ.

ހަމައެހެންމެ އެރަށެއްގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދާއި އާންމުކޮށް ދިރިއުޅޭ މީހުންގެ އަދަދު ހިމެނުމަށް އެދިލައްވައެވެ. އަދި ރަށުގެ ބޮޑުމިނާއި އީދުގައި ރަށަށް ޒިޔާރާތް ކުރާނެ ކަމަށް ލަފާ ކުރެވޭ މީހުންގެ އަދަދު ވެސް ހިމަނަން ޖެހެއެވެ. މީގެއިތުރުން ރަށުން ލިބެން ހުރި އެކޮމޮޑޭޝަންގެ އަދަދާއި ދަތުރުފަތުރުގެ އިންތިޒާމުތަކާއި ވޭތުވެދިޔަ އަހަރުތަކުގައި އީދުގައި ކުޅޭ ކުޅިވަރުތަކުގެ ތަފްސީލް ހިމެނުމަށް ވެސް އެދިވަޑައިގަންނަވައެވެ.

އެހެންކަމުން އެ މިނިސްޓްރީއާ ގުޅިގެން އެއްވެސް ރަށަކުން މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ބޭނުންވާނަމަ، މެއި 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1 ޖެހުމުގެކުރިން އެ މިނިސްޓްރީ އަށް އީމެއިލް މެދުވެރިކޮށް ޕްރޮޕޯޒަލް ހުށަހެޅުމަށް އެދިވަޑައިގަންނަވައެވެ.

އެ މިނިސްޓްރީން ވިދާޅުވީ އަޟްހާ އީދުގެ ތިން ދުވަހު ކުރިއަށް ގެންދާނެ ހަރާކާތްތައް ވެސް ޕްރޮޕޯޒަލް ގައި ހިމަނަންވާނެ ކަމަށެވެ. އަދި އީދުގެ ހަރަކާތްތަކުގައި އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭފަދަ ކުޅިވަރުތައް ވެސް ހިމަނަންވާނެ ކަމެވެ.

ރަށްރަށުން ހުށަހަޅާ ޕްރޮޕޯސަލްގައި ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ޖުމްލަ ފައިސާގެ އަދަދާއި އެ މިނިސްޓްރީން ފޯރުކޮށްދިނުމަށް އެދޭ ފައިސާގެ އަދަދު ހިމެނުމަށް ވެސް ހެރިޓޭޖް މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top