ފޯމުލާން ހުޅުވާލިތާ ހަފްތާއެއް. ޕީޕީއެމް ހިމޭނުން

b_sf25QZ8DL4z8FiSAzPeHnAVtu.jpg

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --- ވަން ފޮޓޯ:

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރިތާ މިއަދާ ހަމައަށް އެއް ހަފްތާ ވެގެން ދިޔައިރު ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމް އަދިވެސް ރައީސް ޔާމިންގެ ކެނޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެއް ނުވެއެވެ.

މިމަހުގެ 23 ވަނަ ދުވަހު، އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމާއެކު ޔާމީންގ ޔާމިންގެ ސޮއި ހޯއްދަވާފައެވެ. ޔާމިން ސޮއި ކޮށްފައިވާ ކެނޑިޑަސީ ފޯމު ގާނޫނީ ވަކީލުންނާ ހަވާލު ކޮށްފައިވަނީ ކަރެކްޝަންސް މެދުވެރި ކޮށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުުރުސަތު އަންނަ އޮގަސްޓުމަހުގެ 7 ވަނަ ދުވަހާ ހަމައަށް ހަމަވާނެ އެވެ.

އިންތިޚާބާބެހޭ ގާނޫނު ބުނާގޮތުން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެނޑިޑޭޓެއްގެ އިންތިޚާބީ ޝަރުތުތަކާއި ގުޅޭގޮތުން ޚިލާފު އުފެދިއްޖެނަމަ އެ މައްސަލައާއި ގުޅޭގޮތުން ގޮތް ނިންމަންޖެހޭނީ ސުޕްރިމް ކޯޓުންނެވެ. ނަމަވެސް، ޔާމިންގެ ކެނޑިޑަސީ އާއި ގުޅޭގޮތުން ސުޕްރިމް ކޯޓަށް މިހާތަނަށް ހުށަހެޅި ދެ މައްސަލަވެސް އެކޯޓުން ބަލައެއް ނުގަނެ އެވެ.

ރައީސް ޔާމިންގެ ފޯމު އިލެކްޝަންސްއިން ބަލައި ނުގެންފި ދެން އެމައްސަލައާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ސުޕްރިމް ކޯޓުންކަމަށް ބެލެވެ އެވެ.

ރައީސް ޔާމިންގެ ރަނިން މޭޓަކާއި ގުޅޭގޮތުން ޕާޓީގެ ލީޑަރޝިޕުން ވަނީ މަޝްވަރާ ކޮށްފައެވެ. މަޝްވަރާތަކަށްފަހު ލީޑަރޝިޕުން ބުނަނީ ރަނިން މޭޓަކު ކަނޑައއަޅާނީ ރައީސް ޔާމީން ކަމުގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top