މެޑަމް ފާތުން ކުޑަރިލަށް ވަޑައިގެންފި

big_rscCPVUOm2mq91ptVQakbrVRm.jpg

މެޑަމް ފާތުން ،ކުޑަރިކިލު ރައްޔިތުންނާ ބައްދަލު ކުރެއްވުން- ފޮޓޯ :ޕީއެސްއެމް

އެންމެ ގާތުން ކެމްޕެއިންގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރއިން މިއަދު ކުޑަރިކިލަށް ވަޑައިގެންފިއެވެ.

ކުޑަރިކިލަށް ވަޑައިގަތުމުން ރަށުގެ ގިނަ ބަޔަކު އެކަމަނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކުޑަރިކިލުގައި ހޭދަ ކުރެއްވި ވަގުތު ތަކުގައި އެކަމަނާވަނީ އެރަށުގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އިސް ރަށްވެހިންގެ އިތުރުން ޒުވާނުންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް އައްސަވާފައެވެ.

ކުޑަރިކިލު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެކަމަނާ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ ރައީސެއްގެ އަނބިކަނބަލުން ކުޑަރިކިލަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު ކަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މިދަތުރުފުޅު ކުޑަރިކިލުގެ ތާރީޚްގައި ލިޔެވިގެން ދާނެކަމުގައެވެ.

ކުޑަރިކިލަކީ ރަނގަޅު ބަނދަރެއް ނެތުމުން ލަފާ ފުރުމުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވާ ރަށަކަށް ވާތީ މި ބައްދަލު ކުރުމުގައި ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު އެދުމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ބަނދަރުގެ ދަތިކަން ހައްލު ކޮށްދިނުމަށެވެ.  މިނިސްޓަރު ސަޢީދު އެކަމާބެހޭ ގޮތުން ވިދާޅުވީ އަންނަ އަހަރު އެރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ހެދުމަށްޓަައި އޯޕެކް ފަންޑުން ލޯނު ހަމަޖެހިފައިވާ ކަމަށެވެ.

މެޑަމް ފާތުން މިއަދު ހަވީރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކަމަދޫއަށާއި، ކެންދޫއަށެެވެ. އިއްޔެ އެކަމަނާ ވަނީ ބ. ދަރަވަންދޫ، ދޮންފަނު އަދި ކިހާދޫއަށް ވަޑައިގެންފައެވެ. އޭދަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top