މޫސުން ގޯސްވެއްޖެ

DSCN7576.jpg

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މިހާރު ކުރަމުން ގެންދާ ވިއްސާރަ އާ ގުޅިގެން މިއަދު މެޓް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރަ އަކި މި ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށާއި މި ވިއްސާރައިގާ ބައެއް ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މެލާ 23 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާ ކުރެވޭ ކަމުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުގައި ބައެއް ސަރަހައްދުތަކަށް އުދަ އެރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

އީދު ބަންދަށް ރަށްރަށަށް ދަތުރު ކުރައްވާއިރު މޫސުމަށް ބެއްލެވުމަށްފަހު ދަތުރު ކުރެއްވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top