19 މީހުން ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތު

b_cHmetRMCAxMYidGUVKvlg4CZN.jpg

އުތުރުގެ ރަށަކުން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގައި 19 ފިރިހެނަކު ބައިވެރިވި ކަމުގެ ތުހުމަތު ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ، އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައި ވާކަމަށެވެ. ގްރޭޑް 8 ގައި ކިޔަވަމުން އަންނަ އެ ކުއްޖާއަށް އެކި ދުވަސްމަތިން ގިނަ އަދަދެއްގެ ފިރިހެނުން ޖިންސީ ގޯނާކޮށްފައިވާ ކަމަށް ވެ އެވެ.

މި މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވުމުން ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި 19 ފިރިހެނުން އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް އެރަށު ބައެއް މީހުން ތުހުމަތުކުރެއެވެ. އޭގެ ތެރޭގައި އެ ކުއްޖާގެ އާއިލާގެ މީހުންނާއި ރަށުން ބޭރު މީހުން ހިމެނޭކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާކުރާ ކަން އެ ކުއްޖާގެ މަންމައަށް އެނގޭ ކަމަށް، އެ ރަށު ބައެއް މީހުން ތުހުމަތު ކުރެއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް މަންމަގެ ފަރާތުން އެއްވެސް ކަހަލަ އެއްބާރުލުމެއް ނުލިބޭ ކަމަށް ވެސް އެމީހުން ބުނެއެވެ.

އެ ރަށު މީހުން ބުނާ ގޮތުގައި، ޖިންސީ ގޯނާގެ ޝިކާރައަކަށްވި، އެ ކުއްޖާ މިިދިޔަ ރޯދަމަހު ސްކޫލަށް ގޮސްފައެއް ނުވެއެވެ.

އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ޖެންޑާ މިނިސްޓްރީން ވަނީ އެ ކުއްޖާ މާލެ ގެނެސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top