ހިތާދޫން ވާރޭފެންހުސްވެ ފެނަށްޖެހިއްޖެ

hitha.jpg

މިއަތޮޅު ހިތާދޫގެ ގިނަގޭގެއިން ވާރޭފެންހުސްވެ، މުޅިރަށް ބޯފެނަށް ޖެހެމުންދާކަމަށް އެރަށު ކައުންސިލް އިދާރާއިން ބުނެފިއެވެ.
ކައުންސިލް އިދާރާއިން ބުނީ ކޮންމެ އަހަރަކުވެސް މިދުވަސްވަރު ދިމާވާ ފެނުގެ މައްސަލަ ފާހަގާވާންފެށުމާއެކު ރައްޔިތުންގެ ތާނގީތަކުގައި ހުރިފެން އާންމުންނަށް ދޫކޮށް އެފެންވެސް ހުސްވެފައިވާކަމަށެވެ. ހިތާދޫ ކައުންސިލް އިދާރާގެ އ. ޑިރެކްޓަރ އަހްމަދު މުހައްމަދު ވިދާޅުވީ މިމައްސަލަ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގައި މިހާރު ދަންނަވާފައިވާކަމަށާ، އެކަމަށް އެއިދާރާއިންވެސް މަސައްކަތް ކުރައްވަމުންއަންނަކަން އެނގިވަޑައިގަންނަވާކަމަށެވެ
“ކޮންމެއަހަރަކުވެސް މިމައްސަލަ ދިމާވޭ. އެހެންވުމާއެކު ރައްޔިތުންގެ ތާންގީތައްވެސް މުޅީންހުސްވެގެން އަޅުގަނޑުމެން ޑިޒާސްޓާގައި ދަންނަވައިގެން މިއުޅެނީ. މައުލޫމާތު އެބަލިބޭ މިހަފްތާގެ ފަހުކޮޅު ފެންލިބޭވަރުވެދާނެކަމަށް.” އަހްމަދު އީވީއަށް ވިދާޅުވިއެވެ.
އަހްމަދު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން އެރަށުގައި ފެން އުފައްދަމުން ގެންދިޔައީ އެރަށު ރައްޔިތުންގެ ފެންޕްލާންޓުން ކަމަށާ،މިހާރު އެޕްލާންޓް ހުރީ ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ޕްލާންޓް މިވަގުތު މައްސަލަޖެހިފައިވާކަންވެސް އަހްމަދު ފާހަގަކުރެއްވިއެވެ.
ފެންލޮނުވުމާ، ފެން ތަޢައްޔަރުވުމުގެ އަސަރު ބޮޑު ހިތާދޫން ވާރޭފެންހުސްވެ ފެނަށް ދަތިވުމުގެ ސަބަބުން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު މެދުވެރިވެގެން އެރަށަށް މިދިޔަ އަހަރުވެސް 57000ލިޓަރު ޕްލާންޓްފެން ފޯރުކޮށްދިންކަމަށް ކައުންސިލުން ބުނެއެވެ.
ވާރޭފެން ހުސްވެ ފެނަށް ދަތިވުމުގެ ސަބަބުން ހިތާދޫނޫނަސް ބ.އަތޮޅުގެ ބައެއް ރަށްރަށަށް މިދިޔަ އަހަރުތަކުގައި ސަރުކާރުން ޕްލާންޓްފެން ފޯރުކޮށްދީފައިވެއެވެ. އެހެންނަމަށްވެސް މިއަހަރު މިމައްސަލަ އަދި ފާހަގަކުރެވުނީ ހިތާދޫން އެކަންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top