ކަރުނައިގެ ގޮތުގައި ހިލަ އަންނަކުއްޖާ ޑޮކްޓަރުންގެ އެހީއަށް އެދިއްޖެ

girl-gets-stone-from-eye

ކަރުނައިގެ ބަދަލުގައި ލޮލުން ހިލަ އަންނަ ޔަމަން ކުއްޖާގެ ބައްޕަ އޭނާގެ ދަރިފުޅަށް ވާ ގޮތެއް ބަލާދިނުމަށްއެދި ޑޮކްޓަރުންގެ އެހީ އަށް އެދިއްޖެއެވެ.

ލޮލުން ހިލަ އަންނަ އުމުރުން އަށް އަހަރުގެ ސާދިއާގެ ބައްޕަ މުހައްމަދު ސަލާހު އަލްޖަހަރާނީ ބުނި ގޮތުގައި އޭނާގެ 20 ދަރިން ތިބޭ އިރު އިތުރު އެއްވެސް ކުއްޖަކަށް އެހެން ނުވެއެވެ. ޖަހަރާނީ ބުނީ ސާދިއާ ގެ ލޮލުން ކަރުނައިގެ ބަދަލުގައި ހިލަ އަންނަން ފެށީ މީގެ ދެ ހަފްތާ ކުރިން ކަމަށެވެ.

ޔަމަނުގެ އަޒާލް ޓީވީއިން ވަނީ ސާދިއާގެ ލޮލުން ހިލަ އަންނަ މަންޒަރު ދައްކާލާފައެވެ. އެ މަންޒަރު ބެލުމަށް ފަހު ޔަމަނުގެ ބައެއް ރައްޔިތުން ގަބޫލްކުރާ ގޮތުގައި ސާދިއާ އަށް ވަނީ ސިހުރު ޖެހިފައެވެ.

” އެ ކުއްޖާ އަށް އެވާ ގޮތާއި މެދު އެކިމީހުން ދަނީ ތަފާތު އެކި ވާހަކަ ދައްކަމުން ބައެއް މީހުން ބުނާ ގޮތުގައި އެ ކުއްޖާގެ ގަޔަށް ޝައިތާނަކު ވަދެގަނެގެން ކުރާ ކަމެއް އެއީ، އަނެއް ބަޔަކު ބުނާގޮތުގައި އެއީ ސިހުރުވެރިކަމުގެ ކަމެއް.” އަޒާލް ޓީވީ ގެ ޕްރޮޑިއުސަރު އަބްދުލަ ކަރީމް އަލް އަޔާޝީ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސާދިއާގެ ލޮލުން އެންމެ ގިނައިން ހިލަ އަންނަނީ މެންދުރާއި ހަވީރުގެ ވަގުތު ތަކުގައެވެ. ގަލްފް ނިއުސް އިން ބުނެފައިވާ ގޮތުގައި ނިދާފައި އޮންނަ އިރު ހިލަ ނާންނަ ކަމަށް ސާދިއާ ބުނާ އިރު އެކަމުގެ ސަބަބުން އެއްވެސް ތަދެއް ނުވެއެވެ.

މިހާތަނަށް އެކަމާއި ބެހޭގޮތުން ޑޮކްޓަރުން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން ސާދިއާގެ ލޮލުން ހިލަ އަންނަ ސަބަބެއް ވެސް ހޯދިފައެއް ނުވެއެވެ.

ޔަމަނުގެ މީޑިއާތަކުން މިދިޔަ އަހަރު ވެސް ވަނީ އެފަދަ އަލާމާތްތައް 15 އަހަރުގެ އަންހެން ކުއްޖެއްގެ ފަރާތުން ފެނިފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top