ބަނދަރު ހަދާ އެމްޓީސީސީ ޓީމް، ފުޅަދޫގައި ބަނދަރު ޖަހައިފި

b_9yGGvmjJT30U5RkiItltb6kRl.jpg

ބަނދަރު ހެދުމަށް ބޭނުންވާ ބައެއް ތަކެތި ހިފައިގެން އައި ކޮޅުވެއްޓި ފުޅަދޫ ބނދަރުގައި --ފޮތޯ :އެމްޓީސީސީ

ބ.ފުޅަދޫ ބަނދަރު ހެދުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީ ޓީމް އިއްޔެގެ ވަގުތެއްގައި ފުޅަދުއަށް ހިނގައްޖެއެވެ. އެހެން ނަމަވެސް މަސައްކަތަށް ބޭނުންވާ ހެވީ ވެހިކަލްތައް އަދި ފުޅަދޫއަށް ނުގެންދާ ކަމަށް ފުޅަދޫން އީވީ އާ ވާހަކަ ދެއްކި މީހަކު މައުލޫމާތު ދިނެވެ.

ޕްލޭނިންގ މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީ އާ ހަވާލު ކޮށްފައިވަނީ 48 މިލިއަން ރުފިޔާ އަށް 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ އާއެކު އެމްޓީސީސީން ސޮއިކޮށްފައިވަނީ މިއަހަރު ޖުލައި މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން ފުޅަދޫ ބަނދަރު ފުން ކުރުމުގެ އިތުރުން، ބޭރު ތޮށި ލުމުގެ މަސައްކަތާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި އެތެރެ ތޮށިލުމުގެ މަސައްކަތް އަދި މޫރިން ބްލޮކްސްލުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ފުޅަދޫ ބަނދަރު 54،861 ކިއުބިކް މީޓަރަށް ހިއްކާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެރަށުގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވަނީ 108 މީޓަރަށް ކަމަށާއި ރިވެޓްމަންޓް ޖެހުމަށް ހަމަޖައްސާފައިވަނީ 302 މީޓަރުގެ ސަރަހައްްދެއްގައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި އެތެރެ ތޮށި ލުމަށް ހަމަޖައްސާފައިވަނީ 223 މީޓަރަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަސައްކަތްތަކުގެ އިތުރުންވެސް އެރަށު ބަނދަރު ބައްތި ޖެހުމާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން ރޭމްޕެއް ލުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top