ޒޯން5ގެ ޗެމްޕިއަންކަން ސޮނޭވާއަށް

20900803_1897892220537474_760824179728706583_o.jpg

ސޮނޭވާޓީމް ޗެމްޕިއަން ލިބުމުން އުފާ ފާޅުކުރަނީ

ސޮނީ ސްޕޯޓްސް އިންޓަރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ޗެމްޕިއަންކަން ސޮނޭވާފުށި ރިސޯޓް ހޯދައިފިއެވެ. ސޮނޭވާ ޗެމްޕިއަންކަން ހޯދާފައިވަނީ މިއަދު ހަވީރު އަނަންތަރާ ކިހަވަށް ވިލާސް އާ ވާދަކޮށް 3-1 ން މޮޅުވެގެންނެވެ.

ސޮނޭވާއިން ސެޓްތައް ކާމިޔާބު ކޮށްފައިވަނީ  25-21، 25-22، 25-16 އަދި 25-22 އިންނެވެ. ޒޯން5ގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސޮނެވާފުށީ ރިސޯޓްގެ އަލީ ހުޒާމު އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވާފައިވަނީ އަނަންތަރާގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

މި ޒޯންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އަނަންތަރާގެ ކޯޗު އަބްދުﷲ ނަޝީދު އެވެ.

ޒޯން 5ގެ ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ އިއްޔެއެވެ. ނަމަވެސް މި މުބާރާތުގެ އެކްސްކޯގައި ހިމެނޭ ބައެއް މެންބަރުންނަށް ފައިނަލަ މެޗަށް ސޮނޭވާ އަށް އެރޭގޮތް ނުވެގެން ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފައިނަލް މެޗު އެ ރަށުގައި ނުބާއްވައި، އަނަންތަރާގައި މިއަދު އެ މެޗު ކުޅުމަށް ނިންމީއެވެ

މައުލޫމާތު ލިބިފައިވާގޮތުގައި މި ހަމަނުޖެހުމާ ގުޅިގެން ވީއޭއެމްގެ އެކްސްކޯގައއި ހިމެނޭ ފަސް މެންބަރަކު މިހާރުވަނީ އިސްތިއުފާ ދީފައެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top